މުދައްރިސުންގެ ދުވަސް: މުދައްރިސުންގެ މަސައްކަތަށް ޝުކުރު އަދާކުރަން ލިބޭ ފުރުސަތެއް
5 އޮކްޓޯބަރު 2026 - 10:59

މިއަދަކީ އަންނަން އޮތް ޖީލު ބިނާކުރުމާއި، ތަޢުލީމު އުނގަންނައިދިނުމާއި، މަގުދައްކައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މުދައްރިސުންގެ އަގުވަޒަންކުރުމަށް ހާއްސަކުރެވިފައިވާ މުދައްރިސުންގެ ދުވަހެވެ.
މުދައްރިސުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1994ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަހު، މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ގޮތުން މި ދުވަސް ސްކޫލްތަކުގައި އަންނަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އަޅުގަނޑުމެންގެ ދަރިންނާއި ގައުމުގެ މުސްތަގުބަލު ބައްޓަންކޮށް، ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުން ކުރާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭނެ ފަދަ ބުރަ ބޮޑު މަސައްކަތެކެވެ. އަދި މުދައްރިސުން ކުރައްވާ މުހިންމު މަސައްކަތްތަކުގައި އެންމެންގެ ޝުކުރާއި އެއްބާރުލުމަކީ އެބޭފުޅުންނަށް ހައްގު އެއްޗެކެވެ.
"އަޅުގަނޑު ވަރަށް އުފާވޭ ހުރިހާ ސްކޫލްތަކުން ވެސް އަޅުގަނޑުމެންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް މިފަދަ ހަރަކާތްތަށް މި ފެންވަރުގަ ކުރިއަށް ގެންދާތީ.ސަބަބަކީ އަސްލު އެންމެ ދުވަހަކުން ވަާނެ ކަމެއްވެސް ނޫން މީ.އެކަަމަކުވެސް އެންމެ ދުވަހެއްވެސް ހާއްސަ ވި ކަމަށްޓަކާ ވެސް ޝުކުރު ކުރަން. އުންމީދަކީ މި ދާއިރާއަށް ގިނަ ދިވެހި ނުކުތުން."މުދައްރިސަކު ވިދާޅުވިއެވެ.
މުދައްރިސުންނަކީ ތައުލީމު އުނގަންނައި ދިނުމުގެ އިތުރުން، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދުނުމާއި ދަރިވަރުންނަށް އެކުދިންގެ ހުނަރުތަކަށް ހިތްވަރުދިނުމާއި، މުސްތަޤުބަލަށް ބޭނުންވާ ހުނަރުތަކާއި އަގުހުރި ސިފަތައް އަށަގެންނެވުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ.ގިނަ ދަރިވަރުންނަށް މުދައްރިސުންގެ ދުވަހަކީ ތަޢުލީމީ ޙަޔާތުގައި އެކުދިންނަށް އެހީތެރިވެދީ، ޝައުޤުވެރިކަން އުފައްދައިދިން މުދައްރިސުންނަށް ޝުކުރު އަދާކުރުމަށް ލިބޭ ފުރުޞަތެކެވެ.
ސްކޫލްތަކުގައި މި ދުވަސް ފާހަގަކުރަމުންދަނީ ޚާއްޞަ އެސެމްބްލީތަކާއި، ހުށަހެޅުންތަކާއި، އަގުވަޒަންކުރުމުގެ ޙަރަކާތްތައް އަދި މުދައްރިސުންނަށް ޚާއްޞަކޮށްގެން އިންތިޒާމުކުރެވޭ އެހެނިހެން ޕްރޮގްރާމްތަކާ އެކުގައެވެ.
މިއަދު މުދައްރިސުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މި މުނާސަބަތަކީ މުދައްރިސުންގެ ޤުރުބާނީއާއި ޚިދުމަތްތައް އަދި ޤައުމުގެ މުސްތަޤުބަލު ބިނާކުރުމުގައި އެފަރާތްތަކުން އަދާކުރަމުންދާ މުހިންމު ދައުރު ހާމަކޮށްދޭ މުނާސަބަތެކެވެ.

-01.jpg&w=3840&q=75)
