logoEN

ޞުލްޙައިގެ ނަމުގައި ދިން ޙަމަލާތަކަކީ ޣައިރު ޤާނޫނީ ޖަރީމާއެއް - އީރާން

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

22 ޖޫން 2025 - 12:28

މެދުއިރުމަތީގައި ޞުލްޙަ ޤާއިމު ކުރަން ބޭނުންވާ ކަމަށް ބުނެ، އެމެރިކާއިން އީރާނަށް ދިން ޙަމަލާތަކަކީ ޣައިރު ޤާނޫނީ ޖަރީމާއެއްގެ ގޮތުގައި އީރާނުން ސިފަކޮށްފިއެވެ.

އެމެރިކާއިން އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޮވެ، އެމެރިކާއިން އދގެ ޗާޓަރާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމުގައެވެ.

އަދި، އީރާނުން ސުލްޙަވެރިކަމާ އެކު މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިޔަރ މަރުކަޒުުތަކަށް ޙަމަލާ ދީފައި ވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ މުޢާހަދާއާ ޚިލާފަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގައި ނުރައްކާތެރި ރޭޑިޔޯއެކްޓިވް އެއްވެެސް އެއްޗެއް ރައްކާކޮށްފައި ނެތް ކަމުގައި އީރާންގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. ބޮންއަޅާ މަތިންދާބޯޓުތަކާއި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ ތިން މަރުކަޒަކަށެވެ. އެއީ، ފޫރްދޫ، އަޞްފިހާން އަދި ނަޠާންޛްގައި ހުރި މަރުކަޒުތަކެވެ.

އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކޮށްފައި ވަނީ ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކެވެ. އެއީ، ރާޑަރަށް ސިއްރިޔާތުގައި ދަތުރު ކުރުމުގެ ޤާބިލުކަން ލިބިގެންވާ، އެމެރިކާގެ އަސްކަރިއްޔާއިން މި ވަގުތު ބޭނުން ކުރަމުންދާ އަސްކަރީ މަތިންދާބޯޓުތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ، އަދި ބާރުގަދަ މަތިންދާބޯޓެވެ. އަދި، އެއީ އަގު ވެސް ބޮޑު އުޅަނދެކެވެ. ބީ-2ގެ މަތިންދާބޯޓެއް އުފެއްދުމަށް 2.1 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވެއެވެ.

އެމެރިކާގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އީރާނުން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް ހުށަހަޅާފައެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޓްރަމްޕް ހިންގަވާފައިވާ ޖަރީމާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder