logo
ކުޅިވަރު

ގޯލު ފުންޏަކާއެކު މުބާރާޓުގެ އެހެން ޓީމުތަކަށް ސިޓީގެ ވަރުގަދަ މެސެޖެއް

އަބްދުﷲ ޣާނިމް
23 ޖޫން 2025 - 03:40
މިމެޗުގައި ހާލަންޑް ވަނީ ގޯލަކާއި އެސިސްޓް އެއް ހަދާފައި- ފޮޓޯ: ދަ ގާރޑިއަން
މިމެޗުގައި ހާލަންޑް ވަނީ ގޯލަކާއި އެސިސްޓް އެއް ހަދާފައި- ފޮޓޯ: ދަ ގާރޑިއަން

މެންޗެސްޓަރ ސިޓީގެ ކެޕްޓަން އިލްކޭ ގުންޑޯގަންގެ 2 ލަނޑާއެކު، އަރަބި އެމިރޭޓްސްގެ ކްލަބް އަލް އައިންގެ އަތުން 6-0 ގެ ބޮޑު ތަފާތަކުން މޮޅުވެ، މުބާރާތުގެ ބައިވެރިވާ އެހެން ޓީމުތަކަށް ވަރުގަދަ މެސެޖެއް ދީފިއެވެ. މިއީ މިމުބާރާތުގައި މިފަހަރު ޓީމަކުން ދެވަނަ އަށް އެންމެ ބޮޑު ފަރަޤަކުން މޮޅުވި މެޗެވެ.

މިދިޔަ ސީޒަން ހުސްއަތާ ނިންމާލަށް ޖެހިފައިވާ ސިޓީގެ ފުރަތަމަ 11 ގައި މިމަހުގައި ޓީމާއި އަލަށް ގުޅުނު ދެކުޅުންތެރިންކަމުގައިވާ ރެއިންޑަރސް އާއި ޗެރކީ ނުހިމަނައި ފެށިނަމަވެސް، ސިޓީއިން ވަނީ މެޗު ޑޮމިނޭޓް ކޮށްގެން މޮޅު ކުޅުމެއް ކުޅެފައެވެ.މިމޮޅާއެކު ގްރޫޕް ޖީ އިން ނޮކްއައުޓް ބުރަށް ޔުވެންޓަސްއާއެކު ސިޓީ ވަނީ ދަތުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ މޮޅުކުޅުންތެރިޔާ ގުންޑޯގަން 9 ވަނަ މިނެޓާއި 73 ވަނަ މިނެޓުގައި ވަނީ ލަނޑު ޖަހާފައެވެ. އަދި އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ކްލައުޑިއޯ އެޗެވެރީ ވަނީ ރީތި ހިލޭޖެހުމަކުން ލަނޑެއް ޖަހާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އާލިންގ ހާލަންޑް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުލުންތެރިންގެ ގޮތުގައި ކުޅެން ނިކުތް އޮސްކާ ބޮބްއާއި ރަޔާން ޗެރްކީ ވެސް ވަނީ ލަނޑު ޖަހައި، ސިޓީގެ މޮޅު އިތުރަށް ފުރިހަމަކޮށްދީފައެވެ.

މި މޮޅާއެކު މެންޗެސްޓަރ ސިޓީ ވަނީ ގްރޫޕް ޖީގައި ޔުވެންޓަސް އާއެކު 6 ޕޮއިންޓް ހޯދައި، ގޯލުގެ ތަފާތުން ގްރޫޕްގެ ދެވަނައިގައެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީ ވަނީ ކްލަބް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ވާދަކުރުމުގެ ފުރުސަތު ކަށަވަރުކޮށްފައިވާއިރު، މިގްރޫޕްގެ ފަހުމެޗުގައި ސިޓީ އާއި ޔުވެންޓަސް ވާދަކުރާނެއެވެ. މިގްރޫޕްގެ ދެވަނަ ޓީމު ގަދަ 16 ގައި ވާދަކުރަންޖެހޭނީ ރެއާލް މެޑްރިޑް ގްރޫޕްގެ އެއްވަނަ ޓީމާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 7 ދުވަސް ކުރިންމެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ފަސޭހަކަމާއެކު ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިކުޅިވަރު | 22 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީކުޅިވަރު | 25 ދުވަސް ކުރިންސިޓީއިން އެޑަސަން ވިއްކާލުމަށްފަހު ޑޮނަރުމާ ހޯދަނީކުޅިވަރު | މަހެއް ކުރިން