logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ފަސޭހަކަމާއެކު ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
17 އޯގަސްޓު 2025 - 03:04
ސިޓީއަށް މިސީޒަނުގައި އަލަށްގެނައި މިޑްފީލްޑަރ ޓިޖާނީ ރެއިންޑަރސް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ
ސިޓީއަށް މިސީޒަނުގައި އަލަށްގެނައި މިޑްފީލްޑަރ ޓިޖާނީ ރެއިންޑަރސް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ

މެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ހޮޓްސްޕަރ 2025-26 ވަނަ އަހަރުގެ ޕްރިމިއަރ ލީގް ސީޒަން ފަށައިގަތުމުގެ ގޮތުން ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން ސިޓީއިން ވޯލްވްސް އާއި ދެކޮޅަށް ފުރަތަމަ މެޗުގައި ނިކުމެފައިވާއިރު، ޓޮޓްނަމް ނިކުތީ ބާންލީއާއި ދެކޮޅަށެވެ.

ވޫލްވްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޕެޕް ގުއާޑިއޯލާގެ ސިޓީ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ންނެވެ. މި މެޗުގައި ފުރަތަމަ ފަހަރަށް ކުޅުނު ޓިޖާނީ ރެއިންޑަރސް އަދި ރަޔާން ޗެރްކީ ވަނީ އާދަޔާ ޚިލާފު ޕަފޯމަންސްއެއް ދައްކާފައެވެ. މިދެކުޅުންތެރިންވެސް ސިޓީއަށް ގޯލުޖަހައިދީފައިވާއިރު، އަނެއް ދެގޯލު ކާމިޔާބުކޮށްދިނީ ހާލަންޑެވެ. މިއާއެކު ހާލަންޑް 2022 ވަނަ އަހަރުގައި ސިޓީއަށް ބަދަލުވިފަހުން ސީޒަން ހުޅުވާ ކޮންމެ މެޗެއްގައި ގޯލުޖަހާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނަތީޖާއާއެކު ޕްރީމިއަރ ލީގުގައި ތިންވަނައިގައި މިިދިޔަ ސީޒަން ނިންމާލި ސިޓީގެ ކޯޗު ގުއާޑިއޯލާ ހުރީ ހިތްހަމަ ޖެހިފައެވެ. މިިދިޔަ ސީޒަނުގައި ނިކުތް ދަށް ނަތީޖާއާއެކު މިސީޒަނުގައި ޓީމާއި ގުޅުނު ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅުކުޅުމެއް ރޭގެ މެޗުގައި ފެނިފައިވެއެވެ.

richarlison_1uavcabpx6oou1n36gi2f08lvs.jpg

ރޭގެ މެޗުގައި ރިޗަރލިޝަން ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ

މީގެ އިތުރުން މިދިޔަ ސީޒަނުގައި ރެލިގޭޝަން ޒޯނާއި އެންމެ ގާތުގައި 17 ވަނަ އިގައި ނިންމާލި ޓޮޓްނަމްވެސް ރޭގައި ވަނީ ފަސޭހަކާމާއެކު ބާންލީ ބަލިކޮށްފައެވެ. ޓޮޓްނަމްގެ އައު މެނޭޖަރު ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން މީގެ ދެތިން ދުވަސްކުރިން ޔޫރަޕިއަން ސުޕަކަޕްގައި ޕީއެސްޖީއަތުން ބަލިވިނަމަވެސް، ޓޮޓްނަމްގެ ފަރާތުން މިސީޒަނުގައި ފެނުނު ދެމެޗުންވެސް ޓޮޓްނަމް ވަނީ އާދަޔާ ޚިލާފު މޮޅުކުޅުމެއް ދައްކާފައެވެ. މިމެޗުގައި މިދިޔަ ސީޒަނުގައި ޕްރީމިއަރ ލީގުގައި އެންމެ 4 ގޯލު ކާމިޔާބުކުރި ރިޗާލިސަން ވަނީ ދެގޯލު ކާމިޔާބުކޮށްފައެވެ. އަދި ފަހުގޯލު ކާމިޔާބުކޮށްދިނީ ޖޯންސަންއެވެ. މިމެޗު ނިމުނީ 3-0 އިންނެވެ.

މި ނަތީޖާތަކާއެކު ސިޓީ އަދި ސްޕާރސް ވަނީ ވަގުތީގޮތުން ޕޮއިންޓް ތާވަލުގެ އެންމެ ކުރިން ޖާގަހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފިކުޅިވަރު | 6 ގަޑިއިރު ކުރިންވެސްޓްހޭމް ބަލިކޮށް ސިޓީ އިނގިރޭސި ޕްރީމިއަރ ލީގުގެ ތާވަލުގެ އެއްވަނައަށްކުޅިވަރު | 17 ގަޑިއިރު ކުރިންސިޓީ އީއެފްއެލް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންސަންޑަލޭންޑް ބަލިކޮށް ސިޓީއިން އެއްވަނައިގައިވާ އާސެނަލް އާއި އެންމެ ދެ ޕޮއިންޓާ ގާތަށްކުޅިވަރު | 14 ދުވަސް ކުރިން