logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެޒޭ އާއި ގެޔޯޜކެރޭސްގެ ގޯލުތަކުން ނޯތުލަންޑަން ޑާބީގައި ހިތިގޮތަށް ޓޮޓްނަމް ބަލިކޮށް ރެލިގޭޝަނަށް ފޮނުވާލައިފި

އަބްދުﷲ ޣާނިމް
23 ފެބްރުއަރީ 2026 - 04:05
އެޒޭ އާއި ގެޔޯޜކެރޭސްގެ ގޯލުތަކުން ނޯތުލަންޑަން ޑާބީގައި ހިތިގޮތަށް ޓޮޓްނަމް ބަލިކޮށް ރެލިގޭޝަނަށް ފޮނުވާލައިފި

އެބެރެޗީ އެޒޭ އާއި ވިކްޓަރ ގިޔޮކެރޭސް ކާމިޔާބުކުރި ދެ ލަނޑާއެކު، ޓޮޓެންހަމް ހޮޓްސްޕާ 4-1 އިން ބަލިކޮށް އާސެނަލްއިން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް އަލުން ހޯދައިފިއެވެ. މިއީ ޓޮޓެންހަމްގެ އާ ކޯޗު އީގޯ ޓޫޑޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މެންޗެސްޓަރ ސިޓީން ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމާ ގުޅިގެން އާސެނަލްއަށް އޮތް ލީޑު ދެ ޕޮއިންޓަށް ކުޑަވެފައި އޮތުމުން މި މެޗަށް ނުކުތްއިރު އާސެނަލްއަށް ބޮޑު ޕްރެޝަރެއް އޮތެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ނަގައިދިން ހުރަހަކުން އެޒޭ ވަނީ ހިތްގައިމު ލަނޑެއް ޖަހައި އާސެނަލްއަށް ކުރިހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން 30 ސިކުންތުގެ ތެރޭގައި ޓޮޓެންހަމްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސް ހެދި ގޯހެއްގެ ފައިދާ ނަގައި ރަންޑަލް ކޯލޯ މުއާނީއެވެ. އެހެންނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން 47 ވަނަ މިނެޓުގައި ގިޔޮކެރޭސް ފޮނުވާލި ބާރު ހަމަލާއަކުން އާސެނަލްއިން އަލުން ލީޑު ނެގިއެވެ.

މެޗުގެ 61 ވަނަ މިނެޓުގައި އެޒޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގިޔޮކެރޭސް ވަނީ އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ނަތީޖާއާއެކު އާސެނަލް ތާވަލުގެ ކުރީގައި އޮތްއިރު، ޓޮޓެންހަމް އޮތީ ރެލިގޭޝަން ޒޯނަށްވުރެ އެންމެ ހަތަރު ޕޮއިންޓު ކުރީގައެވެ.

އެޒޭ އަކީ 1934-35 ވަނަ އަހަރަށްފަހު ނޯތު ލަންޑަން ޑާބީއެއްގެ އެއް ސީޒަނެއްގައި ހަތަރު ލަނޑަށްވުރެ ގިނައިން ޖެހި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ޓެޑް ޑްރޭކްއެވެ. މީގެ އިތުރުން މިއީ 2007-08 ވަނަ އަހަރު އެމަނުއަލް އަޑެބަޔޯއަށްފަހު، އެއް ސީޒަނެއްގައި ވަކި ޓީމަކާ ދެކޮޅަށް ފަސް ލަނޑު ޖެހި ފުރަތަމަ އާސެނަލް ކުޅުންތެރިޔާވެސްމެއެވެ.
މިމޮޅާއެކު އާސެނަލް މިވަގުތު އޮތީ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެ، 5 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެޒާބީގެ ފުރަތަމަ މެޗުން ޓޮޓްނަމް ބަލިވެ، ރަސްމީކޮށް ރެލިގޭޝަނަށް ވެއްޓިއްޖެކުޅިވަރު | 2 ދުވަސް ކުރިންބޮޓުލްއެފްސީގެ އެލިފަންޓް އަރައިއޮތް ގަހުން ނުފޭބުމުން އެހެން ޓީމުތަކުން ގަސް ކަނޑަން ފަށައިފިކުޅިވަރު | 4 ދުވަސް ކުރިންއާސެނަލް ފަހުވަގުތުމޮލުވެ ޔޫރަޕުގެ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއްކުޅިވަރު | 7 ދުވަސް ކުރިންކޯނަރު އެފްސީގެ ތަށި ބަހަށްޓާ ހަރުގަނޑުގެ އިތުރު ހުސްޖާގަ ނެތުމާއެކު ޖެހިޖެހިގެން ދެވަނަ ތަށިވެސް ދޫކޮށްލައިފިކުޅިވަރު | 10 ދުވަސް ކުރިން