ޑެޒާބީގެ ފުރަތަމަ މެޗުން ޓޮޓްނަމް ބަލިވެ، ރަސްމީކޮށް ރެލިގޭޝަނަށް ވެއްޓިއްޖެ
13 އޭޕްރީލު 2026 - 05:26

ޓޮޓްނަމް ހޮޓްސްޕާގެ އާ ކޯޗު ރޮބާޓޯ ޑެޒާބީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ސަންޑަލޭންޑް އަތުން 1-0 އިން ބަލިވެ، ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ބައިނަލްއަގުވާމީ ބްރޭކްގެ ތެރޭގައި ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޓޮޓްނަމްއާ ހަވާލުވި އިޓަލީގެ ކޯޗަށް އާދިއްތަ ދުވަހު ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މެޗުން އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވިއެވެ. މި މެޗުން ސަންޑަލޭންޑް މޮޅުވީ ދެވަނަ ހާފުގައި ނޯޑީ މުކިއޭލޭ ފޮނުވާލި ހަމަލާއެއް ޓޮޓްނަމްގެ ޑިފެންޑަރު މިކީ ފެން ޑި ވެން ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑުންނެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ސަންޑަލޭންޑްގެ ބްރަޔަން ބްރޮބީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވިއިރު، ޓޮޓްނަމްގެ ޑޮމިނިކް ސޮލަންކޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ސަންޑަލޭންޑްގެ ކީޕަރު ރޮބިން ރޫފްސް ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ޓޮޓެންހަމްގެ ކީޕަރު އެންޓޮނިން ކިންސްކީ ވެސް ވަނީ ބްރޮބީގެ ހަމަލާއެއް ހުށިޔާރުކަމާއެކު މަނާކޮށްފައެވެ.
މެޗުގެ 61 ވަނަ މިނެޓުގައި މުކިއޭލޭ ޖެހި ލަނޑާއެކު ސަންޑަލޭންޑުން ލީޑު ނެގިއިރު، މި ނަތީޖާއާއެކު ލީގުގައި އެންމެ ފަހުން ކުޅުނު 14 މެޗުންވެސް މޮޅެއް ނުލިބި ޓޮޓެންހަމް އޮތީ ތާވަލުގެ 18 ވަނާގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ 1934-1935 ވަނަ އަހަރަށްފަހު ޓޮޓެންހަމް ލީގުގައި މޮޅެއްނުވެ ހޭދަކުރި އެންމެ ދިގު ސިލްސިލާއެވެ. އަދި މިއީ 2010 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގުގައި ސަންޑަލޭންޑުން ޓޮޓެންހަމް ބަލިކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ލީގުގައި ބާކީ ހަ މެޗު އޮތްއިރު، ރެލިގޭޝަނުން ސަލާމަތްވުމަށް ޑެޒާބީގެ ޓީމަށް މިހާރު ވަނީ ބޮޑު މަޖުބޫރުކަމެއް ކުރިމަތިވެފައެވެ.

.gif&w=1920&q=75)
