logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

އާސެނަލް ފަހުވަގުތުމޮލުވެ ޔޫރަޕުގެ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއް

އަބްދުﷲ ޣާނިމް
8 އޭޕްރީލު 2026 - 03:12
އާސެނަލް ފަހުވަގުތުމޮލުވެ ޔޫރަޕުގެ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއް

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 އިން ސްޕޯޓިން ސީޕީ ބަލިކޮށް އާސެނަލް އިން މުހިންމު މޮޅެއް ހޯދައިފިއެވެ. ބެންޗުން ކުޅެން އެރި ހަވާޓްޒްގެ މި ލަނޑާއެކު، އަންނަ ހަފްތާގައި އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭ ދެވަނަ ލެގަށް އާސެނަލް ދާނީ އެއް ލަނޑުގެ ލީޑަކާއެކުގައެވެ.

މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ސްޕޯޓިންގެ އަރައުޖޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، އާސެނަލްގެ ނޯނީ މަޑުއެކޭ ފޮނުވާލި ކޯނަރެއްވެސް ވަނީ ގޯލުގެ ދަނޑީގައި ޖެހިފައެވެ. މީގެ އިތުރުން މާޓިން އޮޑެގާޑް ފޮނުވާލި ބާރު ހަމަލާއެއްވެސް ދިޔައީ ގޯލުގެ ކައިރިން ބޭރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ މާޓިން ޒުބިމެންޑީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ގަބޫލެއް ނުކުރިއެވެ. އެއީ އެ ބޯޅަ ތައްޔާރުކުރުމުގައި ވިކްޓަރ ގިޔޮކެރެސް އޮފްސައިޑްގައި ހުރުމުގެ ސަބަބުންނެވެ. އާސެނަލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ސްޕޯޓިން އިން ދިޔައީ ކައުންޓަރ އެޓޭކުގައި ނުރައްކާ ކުރަމުންނެވެ.

އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ މި މެޗުގައި މުހިންމު ސޭވްތަކެއް ކޮށްފައެވެ. ވަކިން ހާއްސަކޮށް މެޗުގެ 83 ވަނަ މިނެޓުގައި ގެނީ ކަޓާމޯ ފޮނުވާލި ނުރައްކާތެރި ހަމަލާއާއި، އޭގެ ފަހުން ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ ދިފާއުކޮށް ރާޔާ ވަނީ އާސެނަލް ސަލާމަތްކޮށްދީފައެވެ. ރާޔާ ވަނީ މި މެޗުގައި ޖުމްލަ ފަސް ސޭވް ކޮށްފައެވެ.

މެޗުގެ ނަތީޖާ ބަދަލުވީ 91 ވަނަ މިނެޓުގައެވެ. ގަބްރިއަލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތަކުން ހަވާޓްޒް ވަނީ ސްޕޯޓިންގެ ކީޕަރު ރޫއީ ސިލްވާ ބަލިކޮށް، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އާސެނަލް މޮޅުކޮށްދީފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި 90 މިނެޓު ހަމަވިފަހުން އާސެނަލް އިން މޮޅުވި ލަނޑު ޖެހި ދެވަނަ ފަހަރެވެ.

މިއީ ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ނޮކްއައުޓް ބުރުގައި ޕޯޗުގަލްގެ ޓީމެއްގެ ދަނޑުގައި އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު ހަ މެޗުންވެސް އެ ޓީމަށް މޮޅެއް ލިބިފައެއް ނުވެއެވެ. އާސެނަލްގެ ދިފާއީ ވަރުގަދަކަން މި މެޗުގައިވެސް ފެނިގެންދިޔައިރު، މިއީ މި ސީޒަނުގައި އެ ޓީމުން ފުރަތަމަ ހާފުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓި 39 ވަނަ މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލް ފަހުވަގުތުމޮލުވެ ޔޫރަޕުގެ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއްކުޅިވަރު | 2 ގަޑިއިރު ކުރިންކޯނަރު އެފްސީގެ ތަށި ބަހަށްޓާ ހަރުގަނޑުގެ އިތުރު ހުސްޖާގަ ނެތުމާއެކު ޖެހިޖެހިގެން ދެވަނަ ތަށިވެސް ދޫކޮށްލައިފިކުޅިވަރު | 3 ދުވަސް ކުރިންއާސްމާނުގައި ތިބި އާސެނަލްގެ ސަޕޯޓަރުންނަށް އަދިވެސް އެޓީމަކީ އަންނައަހަރު އެފްސީކަން ހަނދާކޮށްދީ ސިޓީ ތަށި އުފުލާލައިފިކުޅިވަރު | 16 ދުވަސް ކުރިންއެޒޭގެ ހިތްގައިމު ލަނޑާއެކު އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކޮށް ޓްރެބްލް ހޯދުމާއި ގާތަށްކުޅިވަރު | 21 ދުވަސް ކުރިން