logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާސްމާނުގައި ތިބި އާސެނަލްގެ ސަޕޯޓަރުންނަށް އަދިވެސް އެޓީމަކީ އަންނައަހަރު އެފްސީކަން ހަނދާކޮށްދީ ސިޓީ ތަށި އުފުލާލައިފި

އަބްދުﷲ ޣާނިމް
23 މާރިޗު 2026 - 02:56
އާސްމާނުގައި ތިބި އާސެނަލްގެ ސަޕޯޓަރުންނަށް އަދިވެސް އެޓީމަކީ އަންނައަހަރު އެފްސީކަން ހަނދާކޮށްދީ ސިޓީ ތަށި އުފުލާލައިފި

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އީއެފްއެލް ކަޕްގެ ފައިނަލް މެޗުގައި ނިކޯ އޯރިލީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު، އާސެނަލް 2-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މެޗުގެ ކުރީކޮޅު އާސެނަލުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ސިޓީގެ ކީޕަރު ޖޭމްސް ޓްރެފޯޑް ވަނީ ޖެހިޖެހިގެން ތިން ހަމަލާއެއް ދިފާއުކޮށް އާސެނަލް ހުއްޓުވާފައެވެ. އާސެނަލުން މެޗު ވަރުގަދަކޮށް ފެށި ނަމަވެސް، ފުރަތަމަ ހާފު ނިމުނުއިރު ސިޓީއަށް އާސެނަލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައެވެ. އާސެނަލްގެ ކީޕަރު ކެޕާ އަރިޒަބަލަގާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޒުވާން މިޑްފީލްޑަރު ނިކޯ އޯރިލީ ވަނީ ބޮލުން ގޯލެއް ކާމިޔާބުކޮށް ސިޓީއަށް ކުރިހޯދައިދީފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، އޯރިލީ ވަނީ އިތުރު ގޯލެއް ޖަހައި ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ މެޗުގެ ބާކީ އޮތް ބައިގައި ކޮންޓްރޯލް ދަމަހައްޓާފައެވެ. މިއީ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ހޯދި ފަސްވަނަ އީއެފްއެލް ކަޕް ތަށްޓެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ކޯޗަކަށް ހޯދުނު އެންމެ ގިނަ ކާމިޔާބީގެ ރެކޯޑެވެ.

މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅުނު އާސެނަލަށް ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ރިކާޑޯ ކަލަފިއޯރީ އާއި ގަބްރިއަލް ޖީސޫސް ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އެ ޓީމަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މި ބައްޔާއެކު 2020 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ތަށި ހޯދުމަށް އާސެނަލުން ކުރަމުންދާ އިންތިޒާރު އިތުރަށް ދިގުވެގެން ގޮސްފައިވާއިރު، ހްތަ އަހަރު ތެރޭގައި އާޓެޓާއަށް ލިބުނީ އެންމެ ދެތަށްޓެވެ. އެއީ އެފްއޭ ކަޕަކާއި ޝީލްޑެކެވެ. އޭގެ ފަހުން ކޮންމެ އަހަރެއްވެސް އާސެނަލުން ނިންމާލަނީ އަންނަ އަހަރުގައި ތަށި ހޯދާނެކަމަށް ބަލައިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސްމާނުގައި ތިބި އާސެނަލްގެ ސަޕޯޓަރުންނަށް އަދިވެސް އެޓީމަކީ އަންނައަހަރު އެފްސީކަން ހަނދާކޮށްދީ ސިޓީ ތަށި އުފުލާލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންއެޒޭގެ ހިތްގައިމު ލަނޑާއެކު އާސެނަލް ކުއާޓާ ފައިނަލަށް ދަތުރުކޮށް ޓްރެބްލް ހޯދުމާއި ގާތަށްކުޅިވަރު | 5 ދުވަސް ކުރިންވެސްޓްހޭމް އާއި އެއްވަރުވެ ސިޓީއިން ލީގު އާސެނަލްއަށް ތަބަކަކަށްލާފައި ދެނީކުޅިވަރު | 8 ދުވަސް ކުރިންމެކްސް ޑޯމަންގެ ތާރީޚީ ލަނޑާއެކު އާސެނަލުން 23 އަހަރުފަހުން ލީގު ހޯދުމާއި ގާތަށްކުޅިވަރު | 8 ދުވަސް ކުރިން