logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮޓުލްއެފްސީގެ އެލިފަންޓް އަރައިއޮތް ގަހުން ނުފޭބުމުން އެހެން ޓީމުތަކުން ގަސް ކަނޑަން ފަށައިފި

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2026 - 14:17
ބޮޓުލްއެފްސީގެ އެލިފަންޓް އަރައިއޮތް ގަހުން ނުފޭބުމުން އެހެން ޓީމުތަކުން ގަސް ކަނޑަން ފަށައިފި

20 އަހަރުފަހުން ޕްރީމިއަރ ލީގުގެ ތަށި ކާމިޔާބުކުރާނެ ކަމަށް ބެލެވުނު އާސެނަލްގެ އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު މެންޗެސްޓަރ ސިޓީއަށްވެސް ދީފިއެވެ. މިއަދު އާސެނަލް، އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 2-1 އިން ބަލިވުމާ އެކު، ލީގު ހޯދުމަށް ކުރާ މަސައްކަތަށް ބޮޑު ހުރަހަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އަދި މިއާއެކު މިދިޔަ ތިން އަހަރުގައި ލީގުގެ ފަހުކޮޅުގައި އާސެނަލް އަށް ވެގެންދިޔަގޮތް ތަކުރާރުވެދާނެކަމުގެ ބޮރު މިހާރުވަނީ ހީވާން ފަށާފައެވެ. މި ނަތީޖާއާއެކު، ދެމެޗު މަދުންކުޅެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު 12 ޕޮއިންޓަށް ބޮޑުކުރުމަށް ލިބުނު ފުރުސަތު އާސެނަލްއަށް ވަނީ ގެއްލިފައެވެ. މިވަގުތު ނުވަ ޕޮއިންޓް ފަހަތިގައި އޮތް ސިޓީއިން އެދެމެޗުން މޮޅުވެ، އާސެނަލް އާއި ކުޅޭމެޗުން މޮޅުވެ، ގޯލުގެ ތަފާތުން ލީގު އެޓީމަށް ހޯދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވިގެންގޮސްފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ލީޑު ނަގާފައެވެ. ރަޔަން ކްރިސްޓީ ދިން ފުރިހަމަ ޕާހަކުން އޭޑްރިއަން ޓްރޫފާޓް ހުރަސްކޮށްލި ބޯޅަ، ވިލިއަމް ސަލީބާގެ ފައިގައި ޖެހިފައި ލިބުނީ ޖޫނިއާ ކްރޫޕީއަށެވެ. އޭނާ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިކްޓަރ ގްޔޮކެރޭސްއެވެ. މިއީ ބޯންމައުތުގެ ކްރިސްޓީގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ނަމަވެސް، މުޅި މެޗުގައިވެސް އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މެޗުގެ 65 ވަނަ މިނެޓުގައި ގްޔޮކެރޭސް އިތުރު ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑްވުމުގެ ސަބަބުން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

ބޯންމައުތުން މެޗުން މޮޅުވި ލަނޑު ކާމިޔާބުކުރީ 74 ވަނަ މިނެޓުގައެވެ. ޑޭވިޑް ބްރޫކްސް ދިން ޕާހަކުން އެލެކްސް ސްކޮޓް ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. މި މޮޅާއެކު ބޯންމައުތު ވަނީ ތާވަލުގެ ނުވަވަނައަށް ޖެހިލާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ ހަމަލާ އުފެއްދުމުގައި ވަރަށް ބަލިކަށި ކުޅުމެކެވެ. މިއީ 2021 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި އާސެނަލްއަށް އޯޕަން ޕްލޭގައި އެންމެ މަދު ހަމަލާ އުފެއްދުނު އެއް މެޗެވެ. މި ސީޒަނުގެ ފުރަތަމަ 49 މެޗުން އެންމެ ތިން ފަހަރު ބަލިވި ނަމަވެސް، އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އާސެނަލް ވަނީ ބަލިވެފައެވެ.

އާސެނަލް މިވަގުތު އޮތީ ސިޓީއަށްވުރެ 9 ޕޮއިންޓް ކުރީގައެވެ. ނަމަވެސް ސިޓީން އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މި ފަރަގު ކުޑަވާނެއެވެ. އަދި އަންނަ ހަފްތާގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ލީގު ރޭހުގައި ވަރަށް މުހިންމު މެޗަކަށް ވެގެންދާނެއެވެ. މީގެކުރިން ސިޓީއަށް ލީގުހޯދުމުގެ އަމިއްލަ ބާރު ގެއްލިފައިވީނަމަވެސް، މިނަތީޖާއާއެކު ސިޓީއަށްވެސް ވަނީ ހުރިހާ މެޗަކުން މޮޅުވެ ލީގު ހޯދުމުގެ ފުރުސަތު ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޓުލްއެފްސީގެ އެލިފަންޓް އަރައިއޮތް ގަހުން ނުފޭބުމުން އެހެން ޓީމުތަކުން ގަސް ކަނޑަން ފަށައިފިކުޅިވަރު | 2 ގަޑިއިރު ކުރިންއާސެނަލް ފަހުވަގުތުމޮލުވެ ޔޫރަޕުގެ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއްކުޅިވަރު | 4 ދުވަސް ކުރިންކޯނަރު އެފްސީގެ ތަށި ބަހަށްޓާ ހަރުގަނޑުގެ އިތުރު ހުސްޖާގަ ނެތުމާއެކު ޖެހިޖެހިގެން ދެވަނަ ތަށިވެސް ދޫކޮށްލައިފިކުޅިވަރު | 7 ދުވަސް ކުރިންއާސްމާނުގައި ތިބި އާސެނަލްގެ ސަޕޯޓަރުންނަށް އަދިވެސް އެޓީމަކީ އަންނައަހަރު އެފްސީކަން ހަނދާކޮށްދީ ސިޓީ ތަށި އުފުލާލައިފިކުޅިވަރު | 20 ދުވަސް ކުރިން