ރުޑިގާ އާއި ނަސްލީގޮތުން ދިމާކޮށްގެން ޕަޗޫކާގެ ކެޕްޓަން 10 މެޗަށް ސަސްޕެންޑް ކުރަނީ؟

ރޭގެ މެޗުގައި ރޫޑިގަރ އާއި ދިމާކުރިކަމަށްބުނެ އެމައްސަލަ ބަލާނެކަން ރެފްރީވެސް ވަނީ މެޗުގެ ތެރެއިން އިޝާރާތް ކޮށްފައި

23 ޖޫން 2025 - 08:40
ރިއަލް މެޑްރިޑް އާއި ޕަޗޫކާ ބައްދަލުކުރި މެޗުގައި އެންޓޯނިއޯ ރޫޑިގަރ އާއި ނަސްލީ ގޮތުން ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ ޕަޗޫކާގެ ކެޕްޓަން ގުސްޓަވޯ ކަބްރަލްއަށް މަދުވެގެން 10 މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވެދާނެ ކަމަށް ފީފާއިން ބުނެފިއެވެ.
މި މައްސަލައިގައި ރެފްރީ އަބަޓީ ވަނީ ރަސްމީ ޕްރޮޓޮކޯލްގެ ދަށުން މެޗު ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ސްޕެނިޝް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ކަބްރަލް ވަނީ ރެފްރީއަށް އޭނާ ރޫޑިގަރ އާއި ދިމާލަށް ގޮވި އެއްޗަކީ "ކަގޮން ޑެ މިއެރްޑާ" ކަމަށާއި، އެއީ އާޖެންޓީނާގައި އާންމުކޮށް ބޭނުންކުރާ ޢިބާރާތެއް ކަމަށް ބުނެފައެވެ.
މި މައްސަލަ ރިއަލް މެޑްރިޑުން ވަނީ ފީފާއަށް ރިޕޯޓުކޮށްފައެވެ. އަދި ފީފާގެ އަޕްޑޭޓްކުރެވިފައިވާ ޑިސިޕްލިނަރީ ކޯޑުގެ ދަށުން މި މައްސަލަ ތަޙުޤީޤު ކުރެވޭނެއެވެ.
ހުރިހާ ގައުމީ އެސޯސިއޭޝަންތަކުން ވެސް ތަބާވާންޖެހޭ އާޓިކަލް 15 ގެ އައު ވާރޝަންގައި ބަޔާންކޮށްފައިވާ ގޮތުން، ނަސްލީ ގޮތުން ފުރައްސާރަކުރުމުގެ އެއްވެސް ޢަމަލެއް ހިންގާ ކޮންމެ ފަރާތަކަށް (ކުޅުންތެރިޔެއް، ކޯޗެއް ނުވަތަ އެހެން ފަރާތެއް) މަދުވެގެން 10 މެޗުގެ ސަސްޕެންޝަނެއް ނުވަތަ ވަކި މުއްދަތެއްގެ ސަސްޕެންޝަނެއް، ނުވަތަ އެހެން އެކަށީގެންވާ އަދަބެއް ދެވޭނެއެވެ.
ފީފާގެ އައު ގަވާއިދުތަކުގެ ދަށުން، މިފަދަ ހާދިސާއެއްގެ ޝިކާރައަކަށްވާ ފަރާތަށް ސީދާ ބަޔާނެއް ދިނުމުގެ ފުރުސަތު ލިބިގެންވެއެވެ. އާޓިކަލް 15 ގެ ފޮއިންޓް 5 ގައި ބަޔާންކޮށްފައިވާ ގޮތުން، މެޗު ވަގުތީގޮތުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި، އަނިޔާ ލިބުނު ކުޅުންތެރިޔާ ނުވަތަ ފަރާތަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ބަޔާނެއް ދެވިދާނެއެވެ. އަދި ކްލަބް ނުވަތަ މެންބަރު އެސޯސިއޭޝަނަށް ނަސްލީ ފުރައްސާރަ ނުކުރާކަން ސާފުކޮށް ސާބިތުކޮށް ނުދެވިއްޖެނަމަ، ޝިކާރައަކަށްވީ ފަރާތުގެ ހެކިބަސް ބަލައިގަނެވޭނެއެވެ.
އިތުރު ލިޔުންތައް

އެފްއޭއެމްގެ ބޮޑު ޚިޔާނާތް: ތަފްޞީލީ މަޢުލޫމާތާއެކު ފީފާގެ ވަފުދާ ޙިއްސާކޮށްފި
9 މަސް ކުރިން
ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
8 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
8 މަސް ކުރިން