ގަދަފަދަކަން ދައްކަމުންދާ ޔަހޫދީންނަށް ބޮމުގެ ހަމަލާއަކުން ރައްކާތެރިވާނެ ހިޔާވަހިކަމެއްވެސް މިހާރަކު ނެތް


23 ޖޫން 2025 - 12:12
އިއްޔެއާ ހަމައަށް ތިމާމެންވަރުގެ ގަދަފަދަ ބައެއް ނެތްކަމަށް ވަކާލުކުރަމުން އައި އިސްރާއިލުގައި މިހާރު ބޮމުގެ ހަމަލާއަކުން ރައްކާތެރިވާނެ ހިޔާވަހިކަމެއްވެސް ނެތްކަމަށް މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.
އިރާނުގެ ގަދަފަދަ ހަމަލާތަކުން އެއްވެސް އަސަރެއް ނުކުރާކަމަށް ދެއްކެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިއަދު އިސްރާއީލުގެ ނާގާބިލުކަން ދަނީ މުޅި ދުނިޔެއަށް ހާމަވެ ފާޅުވަމުންނެވެ.
އިއްޔެއާ މިއަދު އިރާނުން ދިން ހަމަލާތަކަކީ މީގެ ކުރިން އިރާނުން ދިން ހަމަލާތަކަށް ވުރެ އެތައް ގުނައެއް ވަރުގަދަ ހަމަލާތަކެކެވެ. އެއާއެކު އިސްރާއީލުގެ ރައްކާތެރިކަމުގެ ނިޒާމުތައް ފެއިލްވެ އެންމެ ކުޑަމިނުން އިރާނުން އެއްލާ އަތުބޮމަކުން ވެސް ސަލާމަތްވާނެ ފަދައެއް މިހާރަކު ނެތެވެ.
އިރާނުގެ މިސައިލް ހަމަލާތަކުގައި ތެލްއަވީވާއި ހައިފާގެ ސަރަހައްދުތައް އެކީ އެކަށް ކަހަލަ ގޮތަކަށް ސުންނާފަތިވެފައިވާއިރު ޔަހޫދީންގެ އާއްމުން އިރާނުގެ ހަމަލާތަކުން ސަލާމަތް ކުރާނެ ރައްކާތެރިގޮތްތަކެއް މިހާރަކު ނެތެވެ.
މިސައިލް ހަމަލާތަކުގެ ވަގުތުގައި ރައްކާތެރިހިޔާވަހިކަމުގެ ތަންތަނަށް ދިއުމަށް ޔަހޫދީންގެ ޣައިރު ގާނޫނީ ސަރުކާރުން އެންގި ނަމަވެސް އެފަދަ ތަންތަން ވަރަށްވެސް މަދެވެ. އަދި މިފަދަ ތަންތަނަށް ދާ ޔަހޫދީންނަށްވެސް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެއާއެކު ނަތަންޔާހޫއާ ދެކޮޅަށް ތެލްއަވީވާއި ހައިފާގައި އުޅޭ ޔަހޫދީން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ތެލްއަވީވްގެ ހޯމް ފްރަންޓް ކޮމާންޑުން ވެސް ވަނީ އެ ސަހަރުގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ހިޔާވަހިކަމަކީ ދިފާއީ މިންގަނޑުތަކަށް ފެތޭ ހިޔާވަހިކަމުގެ ތަންތަނަށް ނޫންކަމަށް އިއުތިރާފުވެފައެވެ.
12,000 އާންމު ހިޔާވަހިކަމުގެ ތަންތަން ހުރި ނަމަވެސް، އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ތަންތަން މިހާރު ހުރީ ބޭނުން ނުކުރެވޭ ހާލަތުގައެވެ. 700,000 އަށްވުރެ ގިނަ ސަލާމަތީ ހިޔާވަހިތަކާއެކު ފަސްލައްކައެއްހާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ނިންމާފައިވިޔަސް އީރާނުގެ ވަރުގަދަ ހަމަލާތަކާއެކު މިތަންތަން ވަނީ ސުންނާފަތިވެފައެވެ.
މިހާރު ހުރި ރައްކާތެރިކަމުގެ ތަންތަނަށްވެސް ޔަހޫދީ ސަރުކާރުން ވައްދަނީ އެބަޔަކު ހިތައެރި ބައެކެވެ. އެކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާއިރު ރައްކާތެރި ތަންތަނަށް ނުވެއްދުމުގެ 950 މައްސަލަ ޔަހޫދީ ސަރުކާރަށް ވަނީ ހުށަހެޅިފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އަމިއްލަ ގައުމުގެ މީހުންނަށް މިފަދައިން ކަންކުރާ ބަޔަކު އެހެން ގައުމެއްގެ ބަޔަކަށް ބަހައްޓާނީ ކޮން ރަހުމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އީރާނާ އެކު ހަނގުރާމައަކަށް 20 އަހަރު ވަންދެން ތައްޔާރުވެފައި ތިބި ނަމަވެސް، ބޮމުގެ ހަމަލާތަކުން ރައްކާތެރިވާނެ ތަނެއް ނުވަތަ ހިޔާވަހިކަމެއް ކަށަވަރުނުކުރެވި އިސްރާއީލު ސަރުކާރު ވަނީ ފެއިލްވެފައިކަމަށް ޔަހޫދީންވެސް މިއަދު ގަބޫލުކުރެއެވެ.
އިރާނުން ދޭ ކުއްލި ހަމަލާތަކަށް ތައްޔާރުނުވެ އިސްރާއީލުގެ ރައްޔިތުން ސަރުކާރާ އިދިކޮޅުވެ ނަތަންޔާހޫއަށް މިހާރުވަނީ ބޮޑު އުނދަގުލަކާ ކުރިމަތިލާންޖެހިފައެވެ.
އިތުރު ލިޔުންތައް

އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔާވެއްޖެ
20 ދުވަސް ކުރިން
އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ
19 ދުވަސް ކުރިން