logoEN
ޚަބަރު

އެމެރިކާއިން ދިން ހަމަލާގެ ސަބަބުން ކާމިޔާބުވެފައިވާކަމަށް ބުނެ ހަނގުރާމަ ނިންމަން ޔަހޫދީން ގޮވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

23 ޖޫން 2025 - 16:14

އެމެރިކާއިން އިރާނަށް ދިން ހަމަލާގެ ސަބަބުން ހަނގުރާމައިގައި ކާމިޔާބުވެފައިވާކަމަށް ބުނެ އިސްރާއީލުން އިރާނަށް ހަނގުރާމަ ހުއްޓާލަން ގޮވާލައިފިއެވެ.

ހަނގުރާމަ ހުއްޓުމަށް މަސައްކަތްކުރާ މެދުވެރިން މެދުވެރިކޮށް އިސްރާއީލް - އިރާން ހަނގުރާމައިގައި ކާމިޔާބު ލިބުނީ އިސްރާއީލަށްކަމަށް އިރާނުން ގަބޫލުކުރުމަށާއި އެމެރިކާ އިން ދިން ހަމަލާގެ ބަދަލު ނުހިފުމަށް ޔަހޫދީން ވަނީ އިންޒާރުފައެވެ.

ޢަރަބި އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ކާމިޔާބީގެ ބޭނުން ހިފައި ކުރިއަށް އޮތްދުވަސްތަކުގައި ހަނގުރާމަ ނިންމާލުމަށް އިސްރާއީލުން އަންނަނީ ގިނަ މަސައްކަތްކުރަމުންނެވެ.

އިސްރާއީލުގެ މި އެދުން ބޮލާލައި ޖެހުމަށްފަހު އިރާނުން އަންގާފައިވަނީ އެމެރިކާއިން ދިން ހަމަލާތަކަށް ރައްދުދޭނެކަމަށެވެ.

އިސްރާއީލުން ބުނަނީ އިރާނުގެ ނިއުކުލިއަރ މަޝްރޫއު ވަގުތުން ހުއްޓާލާނަމަ ހަމަލާތައްވެސް ހުއްޓާލާނެކަމަށެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ހަނގުރާމަ ހުއްޓަން ގޮވާލަނީ ހަނގުރާމައިގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމުންކަމަށެވެ. ނަމަވެސް ލިބޭ ގެއްލުންތަކާ ހެދި ހަނގުރާމަ ހުއްޓާލާނަމަ ޔަހޫދީންނަކީ ބަލިކަށިބައެއްގެ ގޮތުގައި ދުނިޔެއަށް ފެނިދާނެތީ ޔަހޫދީން ބޭނުންވަނީ އެކި ގޮތްގޮތުން އިރާނަށް ބިރު ދައްކައިގެން ހަނގުރާމަ ހުއްޓުވަންކަމަށް އެ ފަރާތްތަކުން ދެކެއެވެ.

ހަނގުރާމަ ހުއްޓާލުމަށް އިރާނުން އެއްބާރުލުން ނުދޭތީ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހަނގުރާމައިގެ މަގުސަދުތައް ހާސިލުވެ އަދި އިތުރަށް ހުރި ކަންކަންވެސް ހާސިލުވަންދެން ހަނގުރާމަ ކުރިއަށްގެންދާނެކަމަށް ބުނެފައެވެ.

އިރާނުން މިފަހުން ދީފައިވާ ހަމަލާތަކުގައި ހައިފާއާއި ތެލް އަވީވަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ޔަހޫދީންގެ އާއްމުން އަންނަނީ ސަރުކާރަށާއި ނަތަންޔާހޫއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

871x217_placeholder