logo
Bank of Maldives

Bank of Maldives

ޚަބަރު

ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށްކުރާ އަސަރު ދަނީ ބަލަމުން: އަމީން

އާމިނަތު ޝަފާ
24 ޖޫން 2025 - 04:31
ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށްކުރާ އަސަރު  ދަނީ ބަލަމުން: އަމީން

ސަހުޔޫނީ ޔަހޫދީންނާއި އީރާނާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ހުޅަނގުން ރާއްޖެއަށް ކުރަމުންދާ ވައިގެ ދަތުރުފަތުރަށް އަންނަމުންދާ ބަދަލު ގާތުން ބަލަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި މަސްރަހު އިތުރަށް ގޯސްވުމާއެކު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އަމީން ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނައުމަށް ހަރަކާތްތެރިވާ ފްލައިޓުތަކުގެ ދަތުރުފަތުރަށް އަންނަ ބަދަލުތައް ދެނެގަތުމަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަޙައްދުތައް ރޭގައި ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓުތައް ޑިލޭވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަގުތީގޮތުން ބަންދުކުރި ވައިގެ ސަރަހައްދުތައް މިހާރުވަނީ ހުޅުވާލާފައެވެ. ވަޒީރު ވިދާޅުވީ މިހާރު ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުތަކަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އެމެރިކާއިން އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ރައްދެއްގެ ގޮތުން އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާދީފައެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރިތާ މާގިނަ އިރެއް ނުވަނީސް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށްވަނީ ބޮންއަޅާފައެވެ. ރައްދުގައި އިރާނުންވެސް ދަނީ ހަމަލާތައް ދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީންޚަބަރު | 21 ދުވަސް ކުރިންހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީޚަބަރު | މަހެއް ކުރިންއެއަރލައިން ތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން ނިންމައިފިޚަބަރު | މަހެއް ކުރިންކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެދެވޭގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމު: ވަޒީރު އަމީންޚަބަރު | 2 މަސް ކުރިން