logo
Bank of Maldives

Bank of Maldives

ޚަބަރު

ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީ

އާމިނަތު ޝަފާ
27 އޮކްޓޯބަރު 2025 - 04:45
ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީ

ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކުގެ މަސައްކަތް ފެށުމަށް ޕްރޮޕޯސަލަށް ބަދަލު ގެނެސް މި އަހަރުގެ ފަހުކޮޅު އަލުން އިއުލާނުކުރާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު  މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ޖަލްސާގައި މެމްބަރު ވަނީ މިދިޔަ މާޗު މަހު ރާއްޖޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް މިހާތަނަށް ނުފެށިވަނީ ކީއްވެގެންތޯއާއި އަދި މި ޚިދުމަތް ފެށޭނެ ކަމަށް މިހާރު ބެލެވޭ މުއްދަތަކީ ކޮބާތޯއާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އަދި މި ޚިދުމަތް ދޭން ހަވާލު ކޮށްފައިވާނަމަ، އެ ކުންފުނިން އަދިވެސް ހުރީ މި ޚިދުމަތް ފަށާ ގޮތަށްތޯވެސް މެމްބަރުވަނީ އައްސަވާފައެވެ.

މި ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ  ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނު ކުރީ ސާޗް އެންޑް ރެސްކިޔު އާއި މެޑިކަލް އިވެކުއޭޝަންތަކަށް ވަކި އިންސައްތައެއް ހިލޭ ދޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ވަރަށް މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައާއި ސާރޗް އެންޑް ރެކިއު އޮޕްރޭޝަންތަކާއި މެޑިކަލް އިކުއޭޝަންތައް ނުވަތަ އިއްޒަތްތެރި ތަންތަނަށް ވަޑައިގަންނަވާއިރުވެސް އޮތް އެންމެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކީ ހެލިކޮޕްޓަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އޭރު ހުޅުވާލި ފުރުޞަތުގައި، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރިކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށްދިޔައިރު، މިފަދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައަޅާފަވާ މިންގަނޑުތައް މާ ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރިކަމަށެވެ.

އެހެންވެ ގާނޫނީ އިމުގެ ތެރެއިން އެ އިއުލާނު ނިމުމަކަށް ގެނެސް މި އަހަރުގެ ފަހުކޮޅު އަލުން އިއުލާނުކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެ ގޮތުން ޑިސެމްބަރު މަހު އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަސް ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު: ވަޒީރު އަމީންޚަބަރު | 15 ދުވަސް ކުރިން އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީންޚަބަރު | 2 މަސް ކުރިންހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީޚަބަރު | 2 މަސް ކުރިންއެއަރލައިން ތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން ނިންމައިފިޚަބަރު | 2 މަސް ކުރިން