logo
Bank of Maldives

Bank of Maldives

ޚަބަރު

މީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު: ވަޒީރު އަމީން

އައިޝަތު ނަޝާ
17 ޑިސެމްބަރު 2025 - 13:53
މީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު: ވަޒީރު އަމީން

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަު ވެގެންދާނީ،ދިވެހި ރާއްޖޭގެ ތާރީހުގައި އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނިކުންނަ ފަހަރަށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ،ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އިތުރަށް ވިދާޅުވީ،ގިނަ ކެންޑިޑޭޓުން ތަކެއް ނިކުމެވޭނެ އިންތިޒާމް ހަމަޖެހުގެން ދިޔުމުގެ ސަބަބަކީ،ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ހަރުދަނާ ނިޒާމުގެ ތެރެއިން މެމްބަރުންނަށް މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެ އިންތިޒާމްތަށް ހަމަޖައްސާފައި އޮތީމަ ކަމަށެވެ.

"ކުރިންވެސް އަޅުގަނޑުމެން ދެންނެވި ފަދައިން 2 ހަފްތާއަށް ހުޅުވާލައިން 97% އަށް ވުރެ ބޮޑު އަދަދެއްގެ އެޕްލިކޭޝަންސް ލިބިގެން ދިޔައީ އެއީ ވަރަށް ބޮޑެތި މަސައްކަތް ތަކެއް. މިގިތަށް މި ދަންނަާލީ ޕްރައިމެރީ އާ އަދި ޕްރައިމެރީ ނެއް ދާއިރާތަކުގަވެސް ކަނޑައެޅޭ މެމްބަރުންގެ އެޕްލިކޭޝަންގެ ހުރިހާ ކަންތަށްތަކެއް އިލެކްޝަންއަށް ގެންދެވޭ މިންގަނޑަށް ހުރިހާ ޑީޓެއިލްސް އެއް ފުރިހަމަ ކުރެވިގެން މި އެޕްލިކޭޝަން ޕްރޮސަސް ގެންދެވިފަ މިއޮތީ.އެގޮތަށް މި ގެންދެވުނީ އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ޕާޓިގެ މެމްބަރުންނަށް މިކަންތައްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެ އިންތިޒާމްތަކެއް ހަމަޖެހިފަ އޮތީމަ" ވަޒީރު މުޙައްމަދު އަމީން

އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕާޓީން ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށްށެވެ.،އެ ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ފަރާތުން ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވަނީ އެޕްލިކޭޝަން ހުށަހަލާފައެވެ.

2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ އިންތިހާބަކަށް ބަލާއިރު ވެސް މިހާ ހިސާބަށް އެއް ޕާޓީއަކުން އެންމެ ގިނަ އަދަދަކަށް ކެނޑިޑޭޓުން ވާދަ ކުރާ ޕާޓީއަކަށް އެޕާޓީ ވެފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހު ވެސް ވަނީ މިއަދު އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު: ވަޒީރު އަމީންޚަބަރު | 2 ގަޑިއިރު ކުރިން އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީންޚަބަރު | މަހެއް ކުރިންހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީޚަބަރު | 2 މަސް ކުރިންއެއަރލައިން ތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން ނިންމައިފިޚަބަރު | 2 މަސް ކުރިން