logo
Bank of Maldives

Bank of Maldives

ޚަބަރު

އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މިއަދުން ފެށިގެން ކުރެވޭނެ

އިސްމާޢިލް ރާތިޢު
19 މާރިޗު 2026 - 06:48
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މިއަދުން ފެށިގެން ކުރެވޭނެ

މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވައިގެ މަގުންނާއި ކަނޑު މަގުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އޮސްޓްރޭލިއާ އާއެކު މިއަދު ސޮއިލުރެވުނު އެއްބަސްވުމަކީ މި މަސައްކަތުގެ ދަށުން ވެވުނު މުހިންމު އެއްބަސްވުމެކެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އޮސްޓްރޭލިއާ އާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިދާރާތަކުން މި ސޮއިކުރި އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިއަދުން ފެށިގެން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، އަދި ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމަކީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ފާހަގަކުރެއެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަންގްރިއްލާގެ އޮޕަރޭޝަން ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރޭގައި އިތުރުވާނެ: މިނިސްޓަރު އަމީންޚަބަރު | މަހެއް ކުރިންއެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މިނިސްޓަރު އަމީންޚަބަރު | މަހެއް ކުރިންމޯލްޑިވިއަންގެ އެންމެ ބޮޑު އެއާކްރާފްޓުން 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފިޚަބަރު | މަހެއް ކުރިންދިފާއީ ދާއިރާއާއި ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އޮސްޓްރޭލިއާއާ މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިން