logo
Bank of Maldives

Bank of Maldives

ޚަބަރު

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ވަކި ކުލަޔަކުން ފާހަގަކުރަނީ

ޒިދާން މުޙައްމަދު
13 މާރިޗު 2026 - 03:57
ތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ވަކި ކުލަޔަކުން ފާހަގަކުރަނީ

ރާއްޖޭގައި ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިއީ މިފަދަ ބަދަލެއް ރާއްޖޭގައި ގެނެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

އެގޮތުން ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ނޫނީ އިލެކްޓްރިކް ވެހިކަލްތަކުގައި ކުރިމަގުގައި ބޭނުންކުރާނީ ފެހިކުލައިގެ ބޯޑުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިފަދަ އުޅަނދުތައް ފަސޭހައިން ދެނެގަނެވޭ ގޮތް ހެދުމަށް ގެނެވޭ ބަދަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ތިމާވެއްޓައި ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި އެއްގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް 29 ދެއްވާފައިވާ ޔަޤީންކަމާއި އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު ވަނީ އަލަށް ތަޢާރަފް ކުރާ "އީވީ ޕްލޭޓްސް" ނުވަތަ ތިމަވެއްޓައި ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑު ނަމޫނާއެއް މީސްމީޑިއާގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި ޓެކްސީ އުޅަނދުތަކުގައި ބޭނުންކުރަނީ ފެހި ކުލައިގެން ބޯޑެއްގައި ރީނދޫ ކުލައިގެ ލިއުމެވެ. އަމިއްލަ އުޅަނދުތަކުގައި ބޭނުންކުރަނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ ލިއުމެވެ.

މިވަގުތު ރާއްޖޭގައި ބޭނުންކުރަމުންދާ ނަންބަރު ބޯޑުތަކަށް ބަލާއިރު، އާންމުކޮށް އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކުގައި ބޭނުންކުރަނީ ކަޅުކުލައެވެ. ސެކިއުރިޓީގެ އުޅަނދުތަކުގައި ހުދު ކުލައިގެ ބޯޑު ބޭނުންކުރާއިރު ޑިޕްލޮމެޓިކް އުޅަނދުތަކުގައި ބޭނުންކުރަނީ ނޫކުލައިގެ ބޯޑެވެ. އަދި ޓެކްސީތަކުގައި ބޭނުންކުރަނީ ރީނދޫ ކުލައެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފްކުރުމުގެ މަސައްކަތް ފަށައި ދާދި އަވަހަށް ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާއިރު މި ޓެކްސީ ލައިންގައި ބޭނުންކުރާނީ އިލެކްޓްރިކް އުޅަނދުތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރަށް އަވަހަށް އިތިއޯޕިއަން އެއަރލްއިންސް އާއެކު އެގްރީމެންޓްއެއް ހެދިގެންދާނެ: ވަޒީރު އަމީންޚަބަރު | 18 ދުވަސް ކުރިންވަރަށް އަވަހަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ: ވަޒީރު އަމީންޚަބަރު | މަހެއް ކުރިންއޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މިއަދުން ފެށިގެން ކުރެވޭނެޚަބަރު | މަހެއް ކުރިންތިމާވެއްޓާ ރައްޓެހި އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ވަކި ކުލަޔަކުން ފާހަގަކުރަނީޚަބަރު | 2 މަސް ކުރިން