logo
MPL

MPL

ޚަބަރު

މޯލްޑިވިއަންގެ އެންމެ ބޮޑު އެއާކްރާފްޓުން 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފި

މަރިޔަމް މާޙީ
30 ޖޫން 2026 - 06:29
ވައިޑްބޮޑީ އެއާރކްރާފްޓް--- ފޮޓޯ: މިހާރު
ވައިޑްބޮޑީ އެއާރކްރާފްޓް--- ފޮޓޯ: މިހާރު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު މަތިިންދާ ބޯޓް ވައިޑްބޮޑީ ބޯޓުގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް 67،000 އަށްވުރެ ގިނަ ފަސިންޖަރުން އެ ބޯޓުގައި އުފުލާފައިވާ ކަމަށް މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މި މަޢުލޫމާތު ހިއްސާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރުގެ ސުވާލު ބިނާކުރައްވާފައިވަނީ ވައިޑްބޮޑީ އެއާކްރާފްޓްގެ ސަބަބުން ލިބުނު ކުރިއެރުންތަކާއި، މިހާރު ދަތުރުކުރާ މަންޒިލްތަކުގެ އިތުރުން ޗައިނާ އަދި އިންޑިއާ ނޫން އެހެން މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، ވައިޑްބޮޑީ އެއާކްރާފްޓްގެ ޚިދުމަތް ތައާރަފްކުރިތާ މިވީ 16 މަސްދުވަހުގެ ތެރޭގައި ޖުމްލަ 67،000 އަށްވުރެ ގިނަ މީހުން ވަނީ އެ ބޯޓުގައި ދަތުރުކޮށްފައެވެ.

އަދި ދަތުރުތަކުގެ ރޫޓްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޗައިނާގެ ތިން މަންޒިލަކަށާއި، އޮސްޓްރޭލިއާ އަދި ސައުދީ އަރަބިއްޔާގެ އިތުރުން މާކެޓްގެ ޑިމާންޑަށް ބަލައި އެކި މަންޒިލްތަކަށް މި ބޯޓު އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

ގައުމީ އެއާލައިންގެ ފްލީޓުގައި މިފަދަ ބޮޑު އެއާކްރާފްޓެއް އޮތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ އެންމެ އިސް އެއް ބޭނުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ގައުމީ ފެންވަރުގައި ބޭނުންކުރެވޭނެ ވަސީލަތެއް ގާއިމްކުރުން ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ސަރަހައްދަކަށްވެސް އަމިއްލަ ބާރުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ވައިޑްބޮޑީ ބޯޓެއް ރާއްޖޭގައި އޮތުމަކީ ގައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެއްވަނަ މަންޒިލް، އެކަމާ ފަހުރުވެރިވޭ: ވަޒީރު އަމީންޚަބަރު | މަހެއް ކުރިންފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީޚަބަރު | 2 މަސް ކުރިން