logo
MPL

MPL

ޚަބަރު

ޒިދާން މުޙައްމަދު
30 ޖޫން 2026 - 15:58
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މިނިސްޓަރު އަމީން

ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކުގެ އަގުތައް އަދިވެސް ހުރީ އާންމުންނަށް އެންމެ އެކަށީގެންވާ މިންވަރެއްގައި ނޫން ކަމަށާއި، ނަމަވެސް އެ އަގުތައް ކުޑަކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ އޭޓީއާރު މަރުކާގެ ބޯޓުތައް އޮޕަރޭޓް ކުރުމަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި މިހާރު ވެސް ޓިކެޓް ވިއްކަނީ އޮޕަރޭޝަނަލް ހަރަދުތަކަށް ބަލާއިރު ބޮޑު ފައިދާއެއް ލާފައި ނޫން ކަމަށާއި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖޭގެ ޓިކެޓްގެ އަގު ބޮޑުނުކޮށް ހިފަހައްޓާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެހެން އެއާލައިންތަކުން ޓިކެޓްގެ އަގު 30 އާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ހަރަދުތައް މެނޭޖްކޮށްގެން ރައްޔިތުންނަށް އޭގެ ބުރަ ނުޖައްސާ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ. 

އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަތުރުކުރާ މީހުންގެ އަދަދު މަދުވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ މިދިޔަ އޭޕްރިލް މަހު ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ބޮޑުކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނެފައިވާ ގޮތުގައި އެއީ އެއާޕޯޓުން ވިއްކާ ޖެޓްފިއުލްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް އުފުލުމާ ގުޅިގެން ގެނައި ބަދަލެކެވެ. ނަމަވެސް ދިވެހިންނަށް ވިއްކާ ޓިކެޓްގެ އަގު މިހާތަނަށް ބޮޑުކޮށްފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | 5 ދުވަސް ކުރިންއޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | 5 ދުވަސް ކުރިންޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިމްތިޔާޒުތައް ހަރުދަނާކުރަން މަޖިލީހަށް ބިލެއްޚަބަރު | 6 ދުވަސް ކުރިން