logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަންގްރިއްލާގެ އޮޕަރޭޝަން ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރޭގައި އިތުރުވެގެންދާނެ: މިނިސްޓަރު އަމީން

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖޫން 2026 - 16:19
މިނިސްޓަރު އަމީން
މިނިސްޓަރު އަމީން

އައްޑޫ ސިޓީގައި ހުންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ އޮޕަރޭޝަން ކެޕޭސިޓީ މި ފެށޭ ޖުލައި މަހުގެ މެދުތެރެއަށްދާއިރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ މިހާރު އޮޕަރޭޓް ކުރަމުންދަނީ ވަރަށް ކުޑަ ގޮތަކަށް ކަމަށެވެ. ނަމަވެސް، މިނިސްޓްރީން އެ ރިސޯޓުގެ އޮޕަރޭޓަރުންނާ އެކު ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިހާރު ޑިވެލޮޕްމަންޓްތަކެއް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 "އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރަނގަޅު ސައިޒެއްގެ އޮޕަރޭޝަންސް މި އަންނަ މަހުގެ މެދުތެރެއާ ހިސާބަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަންގްރިއްލާގެ އިތުރުން އައްޑޫގެ ފަތުރުވެރިކަމަށް މުހިންމު ހަންކެޑެ މަޝްރޫއާ ގުޅޭގޮތުން ވެސް މިނިސްޓަރު ވަނީ މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ ހަންކެޑެ މަޝްރޫއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަޝްރޫއެއް ކަމަށާއި، ކުރިއަށް އޮތް ތިން ހަތަރު ހަފުތާގެ ތެރޭގައި އެ މަޝްރޫއުގެ ތަފްސީލީ ޕްލޭން އިއުލާނުކޮށް އަމަލީ މަސައްކަތް ފެށޭނެ ގޮތަށް އިންތިޒާމު ކުރެވެމުންދާ ކަމަށެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެ މަސައްކަތްތައް މިހާރު މޮބިލައިޒޭޝަން މަރުހަލާއަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އައްޑޫގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބަންދުކުރި މި ރިސޯޓަކީ އައްޑޫ ސިޓީގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު ތަނެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަންގްރިއްލާގެ އޮޕަރޭޝަން ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރޭގައި އިތުރުވާނެ: މިނިސްޓަރު އަމީންޚަބަރު | 2 ގަޑިއިރު ކުރިންއެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މިނިސްޓަރު އަމީންޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވިއަންގެ އެންމެ ބޮޑު އެއާކްރާފްޓުން 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންމިފްކޯގެ އައުޓްލެޓެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިވިޔަފާރި | މަހެއް ކުރިން