logo
MPL

MPL

ޚަބަރު

ވަރަށް އަވަހަށް އިތިއޯޕިއަން އެއަރލްއިންސް އާއެކު އެގްރީމެންޓްއެއް ހެދިގެންދާނެ: ވަޒީރު އަމީން

އައިޝަތު ނަޝާ
12 އޭޕްރީލު 2026 - 12:53
 ވަރަށް އަވަހަށް އިތިއޯޕިއަން އެއަރލްއިންސް އާއެކު އެގްރީމެންޓްއެއް ހެދިގެންދާނެ: ވަޒީރު އަމީން

އިތުރު އެއަރލައިންސް ތަކަކާ އެޓްރެކްޓް ކުރުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އިތިއޯޕިއަން އެއަރލައިންސް އާއެކު އެގްރީމެންޓް އެއް ހެދިގެން ދާނެކަމަށް ދަތުރު ފަތުރާ މަދަނީ އުދުހުން ތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެެއްޖެއެވެ.

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީގެ ބައްދަލުވުގައި ވަޒީރު އަމީން ވަނީ ހަނގުރާމައާ ގުޅިގެން އެއަރ ޓްރާންސްޕޯޓް އަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަދާ ހަމައަށް ގާތްގަނޑަކަށް 634 ފްލައިޓް ކެންސަލް ވެފައިވާ ކަމަށާއި، އެއީ ވަރަށް ބޮޑު އިމްޕެކްޓެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.އަދި ރާއްޖެއަށް އެންމެ ބޮޑަށް ލިބިގެން ދިޔަ ގެެއްލުމަކީ މިޑިލް އީސްޓުން އޭރު ރާއްޖެއަށް އަންނަ ބައެއް މޭޖަރ އެއަރލައިންސް ތަކުގެ ޝެޑިއުލް އޮޕެރޭޝަންސްތަށް ހުއްޓިގެން ދިޔުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކެބިނެޓް ކޮމިޓީގެ ހުރިހާ މިނިސްޓްރީތަކެއް ގުޅިގެން ކުރި މަސައްކަތުން މިހާރު ވަރަށް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އޭގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ކާގޯ ރާއްޖެއަށް ގެނައުމުގައި ދަތިތަކެއްނެތި، ޝެޑިއުލް ފްލައިޓްގެ ކެބިންގައި ޖަހައިގެން ރާއްޖެއަށް ގެނައުންކަމަށެވެ.

މީގެއިތުރުން ދުނިޔޭގެ ޖެޓް ފިއުލްގެ އަގު މައްޗަށް ގޮސްފައިވުމުގެ ސަބަބުން ޓިކެޓްތަކުގެ އަގުތަށް %40 މައްޗަށް ގޮަސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ،ހަނގުރާމައަށް އަންނަ ހެޔޮ ބަދަލާއެކު ކުރިއެކޭވެސް އެއްގޮތަށް ޓިކެޓް ގެ އަގު ބަދަލުވެގެންދާނެކަމަށެވެ.

އަދި އެންމެން ގުޅިގެން ކުރަމުން އަންނަ މަސައްކަތުން އެދެވޭ ނަތީޖާްތަކެއް ފެނިގެން އަންނަކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެއްވަނަ މަންޒިލް، އެކަމާ ފަހުރުވެރިވޭ: ވަޒީރު އަމީންޚަބަރު | މަހެއް ކުރިންފަޅުރަށްތައް ނަގައިގެން ނުހަދައި ތިބޭ ތިބުން ނިމުމަކަށް: 8 އަހަރުވީ ތަންތަން ވަގުތުން ޓާމިނޭޓް ކުރަނީޚަބަރު | 2 މަސް ކުރިން