logo
Bank of Maldives

Bank of Maldives

ޚަބަރު

"ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރަން މިއަހަރު މުހިންމު ފިޔަވަޅުތަކެއް އެޅޭނެ"

އިސްމާޢިލް ރާތިޢު
2 ޖެނުއަރީ 2026 - 04:21
ޓްރާންސްޕޯޓް މިނިސްޓަރު، ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް
ޓްރާންސްޕޯޓް މިނިސްޓަރު، ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

މިއަހަރު ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މިންގަނޑުތަކާއި އެއްގޮތަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ސިނާޢަތުގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ވަޒީރު އަމީން ވިދާޅުވީ، މިފެށުނު އަހަރަކީ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ އަހަރެއް ކަމަށެވެ. އަދި އަމާޒަކީ، މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި ސިނާޢަތުގެ ތަރައްޤީއާއި ގުޅޭ ކަންކަމުގައި މަޝްވަރާއާއި ލަފާ ހޯދުމަށްޓަކައި ފަންނީ ތަޖުރިބާކާރުން ހިމެނޭހެން އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނެ ކަމަށެވެ.

ބައިނަލްއަޤުވާމީ މެރިޓައިމް އިކުއިޕްމެންޓް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވަޒީރު މީގެކުރިން ވިދާޅުވެފައިވަނީ، ޓުވެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ކޯޕަރޭޝަން" މިކޮމިޓީގެ ނިންމެވުންތައް އަމަލީ މައިދާނުގައި ތަންފީޒުކުރެވިއްޖެނަމަ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށެވެ. މީގެ އިތުރުން، ވޯލްޑް މެރިޓައިމް އިންޑަސްޓްރީ ނުވަތަ ދުނިޔޭގެ ކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމުކަންވެސް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު ކަނޑުގެ އިޤްތިޞާދީ ކުރިއެރުންތައް ހޯދިދާނެ ގޮތުގެ ތަޞައްވުރެއްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ދަށުން ބަލަހައްޓަމުންދާ މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް، އެ ދާއިރާއިން އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރަން މިއަހަރު މުހިންމު ފިޔަވަޅުތަކެއް އެޅޭނެ"ޚަބަރު | 3 ގަޑިއިރު ކުރިންމީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު: ވަޒީރު އަމީންޚަބަރު | 16 ދުވަސް ކުރިން އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީންޚަބަރު | 2 މަސް ކުރިންހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީޚަބަރު | 2 މަސް ކުރިން