logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ސީޕްލޭން އޮޕަރޭޝަނަކީ މުހިއްމު މަސައްކަތެއް: ވަޒީރު އަމީން

އައިޝަތު ނަޝާ
23 ޖެނުއަރީ 2026 - 12:09
  ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ސީޕްލޭން އޮޕަރޭޝަނަކީ މުހިއްމު މަސައްކަތެއް:ވަޒީރު އަމީން

ރާއްޖޭގެ އަބާދީގެ ނިސްބަތަށް ބަލާއިރު ސީޕްލޭން އޮޕަރޭޝަނަކީ ޙަރަދު ބޮޑު މަސައްކަތެއްނަމަވެސް އަތޮޅުތެރޭގެ ތަރައްޤީއާއި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް މިއީ މުހިއްމު މަސައްކަތެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވީ ނ. ވެލިދުއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޙިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އަމީން ވަނީ، ތަރައްޤީގެގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ކަނޑުގެ މަގުން ކުރާ ދަތުރުތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަކީ މުހިންމުކަމެއްކަން ފާހަގަ ކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިލެންޑު އޭވިއޭޝަން އިން ދަނީ ގިނަ ހިދުމަތްތަކެއް ޤާއިމްކުރަމުންކަމަށެާއި، ހާއްސަކޮށް ރައީސްގެ އިސްނެގުމުގެ ދަށުން މިހާރުވެސް ރާއްޖޭގެ 2 ސަރަހައްދެއްގައި ސީޕްލޭންގެ ޙިދުމަތް ދެމުންދާއިރު ވެލިދޫއަކީ 3 ވަނަ ސަރަހައްދުކަމަށެވެ.

އަދި އަންނަމަހު ރައީސްގެ ވައުދުފުޅާ އެއްގޮތަށް ތޮއްޑޫއަށް ވެސް ސީޕްލޭންގެ ދަތުރުތައް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިމަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި ފުވައްމުލަކާއި ގއ.އަތޮޅު އަދި ގދ. އަތޮޅު ގުޅުވާލުމަށް ނިންމާފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގަމަކީ މައި ބޭސްކަމަށް ބަލައިގެން މަސައްކަތް ކުރާއިރު މި މަސައްކަތް ދެމެހެއްޓެނިވި ގޮތެެއްގައި ކުރިއަށް ގެންދެވިއްޖެނަމަ އައްޑޫއާއި ހުވަދުއަތޮޅުގައި ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކުރިއެރުންތަކެއް ލިބޭނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަން އެއަރޕޯޓު ރާއްޖޭގެ ވައިގެ ސަދަން ހަބުގެ ގޮތުގައި ހަދާ، ދެކުނުގެ އަތޮޅުތަކަށް ވެސް ސީޕްލޭންގެ ހިދުމަތް ފުޅާކުރަނީޚަބަރު | މަހެއް ކުރިން ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ސީޕްލޭން އޮޕަރޭޝަނަކީ މުހިއްމު މަސައްކަތެއް:ވަޒީރު އަމީންޚަބަރު | 2 މަސް ކުރިން"ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރަން މިއަހަރު މުހިންމު ފިޔަވަޅުތަކެއް އެޅޭނެ"ޚަބަރު | 2 މަސް ކުރިންމީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު: ވަޒީރު އަމީންޚަބަރު | 3 މަސް ކުރިން