logo
Bank of Maldives

Bank of Maldives

ޚަބަރު

ގަން އެއަރޕޯޓު ރާއްޖޭގެ ވައިގެ ސަދަން ހަބުގެ ގޮތުގައި ހަދާ، ދެކުނުގެ އަތޮޅުތަކަށް ވެސް ސީޕްލޭންގެ ހިދުމަތް ފުޅާކުރަނީ

މުޙައްމަދު އަފްރާޙް
31 ޖެނުއަރީ 2026 - 06:31
ގަން އެއަރޕޯޓު  ރާއްޖޭގެ ވައިގެ ސަދަން ހަބުގެ ގޮތުގައި ހަދާ، ދެކުނުގެ އަތޮޅުތަކަށް ވެސް ސީޕްލޭންގެ ހިދުމަތް ފުޅާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ހަމައެކަނި އެއަރޕޯޓެއް ތަރައްގީކުރުން ނޫން ކަމަށާއި ހުރިހާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި ރައްޔިތުންގެ ދރިއުޅުމަށް ފަސޭހަކަން ގެނެސްދޭނެ ލާމެހިފައިވާ މަދަނީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެކުނުގެ އަތޮޅުތައް ގުޅާލުމަށް ކުރިއަށްގެންދާ "ދެކުނުގެ ގުޅުން" ޕްރޮޖެކްޓް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ މެދުއިރުމަތީގެ އެއަރލައިނަކާއި، ޗައިނާގެ އެއަރލައިނެއް ގަން އެއަރޕޯޓަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި ބޮޑެތި ކޮންސެޝަންތަކެއް ދީގެން ނަމަވެސް އެއަރލައިންތައް ގެންނަން އެބަޖެހޭ ކަމަށެވެ.

މީގެއިތުރުން ގަން އެއަރޕޯޓުގެ ހާލަތު ބަދަލު ކުރައްވާނެ ކަމަށާއި އެ އެއަރޕޯޓަކީ އެއަރލައިންތައް އަންނަ ރާއްޖޭގެ ވައިގެ ސަދަން ހަބު ކަމުގައި ހައްދަވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ދެކުނުގެ އަތޮޅުތައް ސީޕްލޭންގެ ޚިދުމަތުން ގުޅާލުމުން އެ އަތޮޅަށް އެކި ގޮތްގޮތުން ފައިދާ ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދެކުނުގައި ސީޕްލޭނަށް ޑިމާންޑް އިތުރުވާނަމަ އިތުރު ބޯޓުތަކާއެކު ދަތުރުތައް އިތުރު ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގދ. އަތޮޅުގެ ފަރެސްމާތޮޑާ އެއަރޕޯޓާއި، މާވަރުލު އެއަރޕޯޓުވެސް މި ޚިދުމަތުގެ ތެރެއަށް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަންގްރިއްލާގެ އޮޕަރޭޝަން ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރޭގައި އިތުރުވާނެ: މިނިސްޓަރު އަމީންޚަބަރު | 17 ދުވަސް ކުރިންއެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މިނިސްޓަރު އަމީންޚަބަރު | 17 ދުވަސް ކުރިންމޯލްޑިވިއަންގެ އެންމެ ބޮޑު އެއާކްރާފްޓުން 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފިޚަބަރު | 18 ދުވަސް ކުރިންގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި 800 މީހުންގެ ޖާގައިގެ މިސްކިތް ކޮމްޕްލެކްސްއެއް ބިނާކުރަނީޚަބަރު | މަހެއް ކުރިން