logo
Bank of Maldives

Bank of Maldives

ޚަބަރު

 އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީން

އައިޝަތު ނަޝާ
16 ނޮވެމްބަރު 2025 - 13:42
 އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީން

ރައީސް ވެވަޑައިގެންނެވި ވައުދުފުޅަކީ ދުބާއީއަށް ނުވަތަ ބެންކޮކަށް ބަލި މީހުން ފޮނުވުން ކަމުގައިވިޔަސް، އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި، ސިއްހީ ހުރިހާ ވަސީލަތަކާއެކު ގެންގޮސްދޭނެ މަގުފަހިކުރާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީންް މިފަދައިން ވިދާޅުވީ،ދުބާއި އާއި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި މޯލްޑިވިއަންއާ އެކުގައި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ރޯޝަނީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އިތުރަށް ވިދާޅުވީ، ބަލި ހާލަތެއް މެދުވެރިވެ އިމަޖެންސީކޮށް ބަލި މީހަކު ރާއްޖެއިން ބޭރަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ދުނިޔޭގެ ފެންވަރުގައި އެއާ އެމްބިއުލާންސުގެ ހިދުމަތް ދެވޭނެ ގޮތް ރާއްޖޭގައިވެސް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ޒަމާނީ ސިއްހީ ހިދުމަތްތަކާއެކު އެ ހިދުމަތް ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގައި ސިއްހީ މައްސަލަތައް ދިމާވާ ފަރާތްތަކަށް އެއާ އެމްބިއުލާންސުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ޒަމާނީ ހުރިހާ ވަސީލަތްތަކާއެކީގައި މިހާރުވެސް ރާއްޖޭގައި އެ ހިދުމަތް މޯލްޑިވިއަނުން ދެމުންދާ ކަން ވެސް ވަޒިރުގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން، އިތުރު ފަރުވާއަށް އިންޑިއާ ނޫނީ ލަންކާއަށް ފޮނުވަން ޖެހިއްޖެ ހާލަތެއްގައި ސިއްހީ ހުރިހާ ވަސީލަތްތަކާއެކީ އެއާ އެމްބިއުލާންސުގެ ހިދުމަތް މިހާރުވެސް ދެމުންދާކަން ވަޒީރު އަމީން ފާހަގަކުރެއްވިއެވެ.އަދި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭސްފަރުވާއަށް ދުބާއީއަށް ނޫނީ ބެންކޮކަށް އެއާ އެމްބިއުލާންސުގައި ފޮނުވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އިތުރު ފަރުވާއަށް ތުރުކީ އަދި ސިންގަޕޫރަށް ގެންދަން ޖެހުނުކަމުގައިވިޔަސް, އެމަގު ފަހިކުރާނަން: މިނިސްޓަރ އަމީންޚަބަރު | 4 ގަޑިއިރު ކުރިންހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކުރަނީޚަބަރު | 21 ދުވަސް ކުރިންއެއަރލައިން ތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން ނިންމައިފިޚަބަރު | 24 ދުވަސް ކުރިންކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެދެވޭގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމު: ވަޒީރު އަމީންޚަބަރު | މަހެއް ކުރިން