ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސް
.webp&w=3840&q=75)

24 ޖޫން 2025 - 04:40
ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވިމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ "ވިމެން އިން ޑިޕްލޮމަސީ" ދުވަސް ފާހަގަކުރާއިރު ގައުމުތަކުގެ ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި ޑިޕްލޮމަސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އދ.ން ފެށި ހަރަކާތުގެ މައި ހިއްސާދާރެއްގެ ގޮތުގައި ދިވެހި ރާއްޖޭން މި ދުވަސް ފާހަގަކުރަނީ ފަހުރުވެރިކަމާއެކުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި އަންހެނުންނާއި އަންހެން ކުދިން ތަމްސީލް ކުރާ، އެ މީހުންގެ އަޑުއަހާ، އަދި އިހުތިރާމްކުރާ މުސްތަގުބަލެއް ބިނާކުރުމުގައި ރާއްޖޭން އަބަދުވެސް ދެމި އޮންނާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ބައިނަލްއަގުވާމީ ހަމަޖެހުމާއި ތަރައްގީގައިވެސް އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަން ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 24 ވަނަ ދުވަހު ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޑިޕްލޮމެސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަސް ޤާއިމުކޮށްފައިވަނީ އ.ދ. ގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކުންނެވެ.
ދިވެހިރާއްޖެއާއި އިތުރު 11 ޤައުމަކުން އިސްނަގައިގެން ހުށަހެޅި މި ތާރީޚީ ޤަރާރު 191 ޤައުމަކުން ކޯ-ސްޕޮންސަރކުރި އެވެ. އަދި މި ޤަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖެއިން ރިޔާސަތު ބެލެހެއްޓި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
10 މަސް ކުރިން