އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް ގިރިފުށީގައި، ވަޒަން ދަތުރުކުރާނީ 328 ފޫޓު މަތިން
.jpg&w=3840&q=75)

24 ޖޫން 2025 - 05:16
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް 18:30 އިން 22:30 އަށެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ހުޅަނގު ދެކުނަށް 4600 މީޓަރ ދުރުމިނަށް ކަމަށާއި، އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
ވަކި އުސޫލެއްގެ ދަށުން އެމްއެންޑިއެފްއިން ދޭތެރެ ދޭތެރެއިން އެއްގަމާއި ކަނޑުގައި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދެއެވެ. މިއިން ކޮންމެ އަސްކަރީ ތަމްރީނެއްވެސް ބޭއްވުމުގެ ކުރިން އަބަދުވެސް އެކަމުގެ މައުލޫމާތު ދުރާލާ އާންމުކޮށް އިއުލާނުކުރެއެވެ.
އެގޮތުން ފަސް ދުވަހުގެ މުއްދަތަށް ކަނޑުމަތީގެ އަސްކަރީ ތަމްރީންތަކެއްވެސް މި އަހަރުގެ އެޕްރީލް މަސްތެރޭގައި އެ އެމްއެންޑީއެފުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިތުރު ލިޔުންތައް

މާލެގައި ހުރި ގެއަކުން ދުން އަރާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
10 މަސް ކުރިން
އަލިފާނުގެ ހާދިސާ ހިނގި ދޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި
10 މަސް ކުރިން
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ފަށައިފި
9 މަސް ކުރިން