logo
ޚަބަރު

ހަނގުރާމައިން ލިބޭ ގެއްލުމަށްވުރެ އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން މާ ބޮޑު: ފަލާހް

އާމިނަތު ޝަފާ
24 ޖޫން 2025 - 05:35
ހަނގުރާމައިން ލިބޭ ގެއްލުމަށްވުރެ އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން މާ ބޮޑު: ފަލާހް

މެދުއިރުމަތީގައި ހިނގަމުންދާ އިރާން-އިސްރާއީލް ހަނގުރާމައިން ރާއްޖެއަށް ލިބިދާނެ ގެއްލުމަށްވުރެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރާއްޖެއަށް ލިބޭ ގެއްލުން މާ ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

އިސްރާއީލާއި އިރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ ހަނގުރާމައިގެ ހާލަތު ސަރުކާރުންދަނީ ވަރަށް ގާތުން ބަލަމުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

" މެމްބަރު ވިދާޅުވެއްޖެ މި ގައުމަކީ ޓޫރިޒަމަަށް ބަރޯސާވެފައި އޮތް ގައުމެކޭ. ހިތާމައަކީ ޓޫރިޒަމް ބޮއިކުރަންގޮވީ އެމީހުން . ޔޫރަޕްގެ ގައުމުތަކަށް ގޮސް ޓޫރިޒަމް ބޮއިކޮތޓްކުރަން ގޮވަންފެށީ. ސަރުކާރުން ހަނގުރާމައަށް ހާއްސަ ސަމާލުކަމެއްދަނީ ދެމުން".

 

މިހާލަތުގައި ދިވެހިންނަށް ދަތިނުވާނެގޮތަކަށް ހުރިހާކަމެއް ސަރުކާރުން ބައްޓަންކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެ ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސް ފަދަ ތަކެތި މެދުނުކެނޑި، އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތު ކުދިންގެ ކާނާ ފަދަ، ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަން ކަށަވަރުކުރުމަށްޓަކައި، ފިޔަވަޅުތައް އެޅުމަކީ ލާޒިމުކަމެއް ކަން މައްސަލައިގައި ބުނެފައިވެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަކިބަޔަކު ބޭނުންވާ މަގްސަދު ހާސިލްކުރުމަށް ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުން އެބަދޭ: ފަލާހްޚަބަރު | 2 ދުވަސް ކުރިންރޫޅުނީ އެމްޑީޕީ ޕީޖީ ގުރޫޕާއި ރައީސް ޔާމީންގެ ޕީޖީ ގުރޫޕް: މެމްބަރު ފަލާހް ޚަބަރު | 10 ދުވަސް ކުރިންހުށަހެޅިފައި އޮތީ ރައީސް ޔާމީނާއި އެމްޑީޕީން ގުޅިގެން ކުރި ވައްކަމުގެ ރިޕޯޓެއް: މެމްބަރު ފަލާހް ޚަބަރު | 10 ދުވަސް ކުރިންއައްބާސް ފަތުރަނީ ބޮޑު ދޮގެއް، ޕީއެންސީ ޕީޖީ ގްރޫޕް ރޫޅައެއް ނުލެވޭނެޚަބަރު | 13 ދުވަސް ކުރިން