logoEN
ޚަބަރު

ޙާފިޒުންނަށް ދޭ އެލަވަންސް ދެ ގުނަ އަށް ބޮޑު ކުރަން ނިންމައިފި

ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްްޓެއްގައި ރައީސް ވަނީ ވަނީ ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމުގައި ފާހަގަަކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މި ހަފުތާއެވެ.

ޙާފިޡުންނަށް މިހާރު އިނާޔަތުގެ ގޮތުގައި ދެމުން އަންނަނީ ކޮންމެ މަހަކުވެސް 2000 ރުފިޔާއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާއަށް އަންނަނީ ޚާއްސަ އަހައްމިޔަތުކަމެއް ދެއްވަމުންނެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާއެއް ބާއްވަވާފައިވާއިރު، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކޮށް، އަގުހުރި އިނާމުތަކެއް ދޭ މުބާރާތަކަށް ހައްދަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder