ޖޫން މަހުގެ ތިންވަނަ ހަފްތާގައި 192 ދޯންޏަކަށް 11.6 މިލިޔަން ރުފިޔާ ދޫކޮށްފި


24 ޖޫން 2025 - 14:08
މަސްވެރިންނަށް 11.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހުގެ ތިންވަނަ ހަފްތާގައި މިފްކޯއިން ވަނީ 192 ދޯންޏަކަށް 11.6 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މިއީ ޖޫންމަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު 39.8 އިންސައްތަ އިތުރު އަދަދެކެވެ. ޖޫން މަހުގެ ދެވަނަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 8.3 މިލިޔަން ރުފިޔާއެވެ.ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 165 ދޯންޏަކަށް 16.7 މިލިޔަން ރުފިޔާއެވެ
މިދިޔަ ހަފްތާގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު 40 ދޯންޏަކަށް، 3.2 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރުދަނީ ފައިސާ ދޫކުރަމުންނެވެ. މިކަމާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިންގެ ދަފްތަރު އެކުލަވާލައި، އެފަރާތްތަކަށް އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އިތުރު ލިޔުންތައް

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު
އަހަރެއް ކުރިން
ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މަސް ބަންދުކުރާ ފެސިލިޓީއެއް
އަހަރެއް ކުރިން
ބިލިއަނެއްހާ ރުފިޔާގެ މަންފާއެއް ލޭނު މަސްވެރިކަމުން ރާއްޖެއަށް ލިބޭނެ: މިނިސްޓަރ ޝިޔާމް
10 މަސް ކުރިން