logoEN
ދުނިޔެ

ޒަޔަނިސްޓް ނަތަންޔާހޫ ހައްޔަރުކުރާނެ ކަމަށް ބުނި މަމްދާނީ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުކަމަށް

ނިއުޔޯކް ސިޓީގެ ޑިމޮކްރެޓްސް މޭޔަރު ޕްރައިމަރީ ކާމިޔާބުކުރި ޒުހުރާން މަމްދަނީ - ފޮޓޯ: ބީބީސީ

ނިއުޔޯކް ސިޓީގެ ޑިމޮކްރެޓްސް މޭޔަރު ޕްރައިމަރީ ކާމިޔާބުކުރި ޒުހުރާން މަމްދަނީ - ފޮޓޯ: ބީބީސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

25 ޖޫން 2025 - 05:41

މޭޔަރުކަމުގައި ނިއުޔޯކް އަށް ޒަޔަނިސްޓް ނަތަންޔާޙޫ އަރައިފިނަމަ ހައްޔަރުކުރާނެކަމަށް ބުނި މަމްދަނީ ޑިމޮކްރެޓިކް ޕާޓީގެ މޭޔަރ ޕްރައިމަރީ ކާމިޔާބުކޮށްފިއެވެ. މިއާއެކު މިއަހަރު ފަހުކޮޅުގައި ބާއްވާ އިންތިޚާބުގައި އެމެރިކާގެ އެންމެ އާބާދީ ބޮޑު ސިޓީގެ މޭޔަރުކަމަށް މުސްލިމަކު އިންތިޚާބުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޑިމޮކްރެޓިކް ޕާޓީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ނިއުޔޯކް ސިޓީގެ ފާޓީ ޕްރައިމަރީގައި ޒުހުރާން މަމްދަނީ ހޯއްދެވި ކާމިޔާބީއަކީ ނިއުޔޯކް ސިޓީގެ މުސްލިމް މުޖުތަމައުއަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ. ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ކާމިޔާބު ކުރައްވައިފިނަމަ، ސިޓީ ހޯލް އިސްވެރިޔާގެ މަޤާމަށް އިންތިޚާބުވާ ފުރަތަމަ މުސްލިމް ކެންޑިޑޭޓަކަށް މަމްދަނީ ވެވަޑައިގަންނަވާނެއެވެ.

ގާތްގަނޑަކަށް އެއް މިލިއަން މުސްލިމުން ދިރިއުޅޭ ނިއުޔޯކް ސިޓީގައި، 2021 ވަނަ އަހަރުގެ މޭޔަރ އިންތިޚާބުގެ ވޯޓު ދިން ފަރާތްތަކުގެ ތެރެއިން 12 އިންސައްތައަކީ މުސްލިމުންނެވެ. މަމްދަނީގެ ކެމްޕޭނުގައި އޭނާ ވަނީ އިސްލާމްދީނަށް ނިސްބަތްވުން ފާހަގަކޮށް، ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވިއެވެ. އަދި މިސްކިތްތަކާއި މުސްލިމް މުޖުތަމައުގެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، އަތްފޯރާފަށުގައި ދިރިއުޅުމުގެ ވާހަކަ ދެއްކެވިއެވެ.

ގިނަ ސާރވޭތަކުގައި ނިއުޔޯކް ސިޓީގެ ކުރީގެ ގަވަރނަރ އެންޑްރޫ ކުއޯމޯ ބަލިކޮށް، މަމްދަނީ ހޯއްދެވި ކާމިޔާބީގެ ފަހަތުގައި ވަނީ ޒުވާނުންނާއި، ތަފާތު ނަސްލުތަކުގެ މީހުންނާއި، ފުރަތަމަ ފަހަރަށް ވޯޓުލާ މީހުންނާއި، އާންމުކޮށް ވޯޓުނުލާ މީހުން ހިމެނޭ ފުޅާ އިއްތިހާދެކެވެ. މި އިއްތިހާދު ބިނާކުރުމުގައި މުސްލިމް ވޯޓަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.ޑިމޮކްރެޓްސް ގެ ބޮޑު މެޖޯރިޓީއެއް އޮތް ނިއުޔޯކް ސިޓީގެ ޕްރައިމަރީ މަމްދަނީ ކާމިޔާބުކުރުމާއެކު، ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީ އަށް ކުރިޔަށް އޮތް އިންތިޚާބުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ. މަމްދަނީގެ މިކާމިޔާބީއަކީ ޒަޔަނިސްޓު ކޮންޓްރޯލްކުރާ އެމެރިކާގެ ސަރުކާރާއި އެފަރާތް ތަކަށް ވާގިވާ ޔަހޫދީންގެ މޫނުމަތީގައި ޖެހިގެން ދިޔަ ބޮޑު ތަފާލެކެވެ. އަދި މިއީ ޔަހޫދީންނާއި ދެކޮޅަށް އެމެރިކާގެ އާންމުންގެ ގިނަ ބަޔަކު ނުރުހުން ވާކަމާއި، ގިނަ ބަޔަކު އިސްރާޢީލާއި އެފަރާތްތަކަށް ވާގިވެރިވާ ފަރާތްތަކުން ހިންގާ ބޮޑެތި ޖަރީމާތަކާއި ދެކޮޅަށް އާންމުން ހޭލުންތެރިވާކަމުގެ ނިޝާނެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފާޅުގައި އިސްލާމީ ކަންކަން ޕްރޮމޯޓް ކުރާ މަމްދަނީ ވަނީ މީގެކުރިން އިންޓަރ ނޭޝަނަލް ކްރިމިނަލް ކޯޓުން ޒަޔަނިސްޓް ނަތަންޔާހޫ ހައްޔަރުކުރަން އަމުރުނެރެފައި ވުމުން، އޭނާގެ މޭޔަރުކަމުގައި ނަތަންޔާހޫ ނިއުޔޯކް ސިޓީއަށް އައިސްފިނަމަ ހައްޔަރުކުރާނެކަމަށް ފާޅުގައި ބުނެފައެވެ.

ކޮމެންޓް

871x217_placeholder