logo
Bank of Maldives

Bank of Maldives

World

ކާރިޘާއަކާ ގުޅިގެން އެމެރިކާގެ މިނިވަންދުވަހުގެ ހަރަކާތްތައް ކެންސަލް

އަޙްމަދު ޒަލީފް
5 ޖުލައި 2025 - 11:58
ކާރިޘާއަކާ ގުޅިގެން އެމެރިކާގެ މިނިވަންދުވަހުގެ ހަރަކާތްތައް ކެންސަލް

އެމެރިކާގެ ޓެކްސަސްއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތައް ކެންސަލް ކޮށްފިއެވެ.

އެމެރިކާގެ ޓެކްސަސްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެ ސްޓޭޓުގެ މަޝްހޫރު ގްވާޑަލޫޕް ކޯރު ބަންޑުންވެ، މިހާތަނަށް 24 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ގެއްލިފައެވެ.

އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ 25 މީހުންގެ ތެރޭގައި، އެ ސަރަޙައްދުގެ އަންހެން ކުދިންނަށް ޙާއްސަ ސްކޫލަކުން ކޭމްޕިންގް އަށް ގޮސް އުޅުނު ދަރިވަރުންތަކެއް ވެސް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެ އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 18 ގަޑިއިރު ފަހުން، ހުކުރު ދުވަހުގެ ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ރޭގަނޑާއި މިއަދުގެ ނިޔަލަށް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

އެ އޮޕަރޭޝަންގައި މައި ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

އިއްޔެގެ ފަތިހުގެ ވަގުތެއްގައި ވެހުނު ބޯ ވިއްސާރައިގައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގްވާޑަލޫޕް ކޯރުގެ ފެންގަނޑު އުފުލި، ބަންޑުންވުމުގެ ސަބަބުން، ސަލާމަތް ހޯދުމަށް އާންމުންނަށް އިންޒާރު ދޭނެ ވަގުތެއް ވެސް ކަމާބެހޭ އިދާރާތަކަށް ލިބިފައެއް ނުވެއެވެ. ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އޮފިޝަލުން ވަނީ، ހުޅަނގާއި މެދުތެރޭ ޓެކްސަސްއަށް "ކުރިއަށް އޮތް ދެތިން ދުވަހު" ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 2 ދުވަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | 8 ދުވަސް ކުރިންއީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ނިމިއްޖެ": ޓްރަމްޕްދުނިޔެ | މަހެއް ކުރިންކައި ޓްރަމްޕްގެ ފޮޓޯތަކާއެކު، ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއްދުނިޔެ | މަހެއް ކުރިން