logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަމަލާތަކާއި ގުޅިގެން އިރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް މާބޮޑު ގެއްލުމެއް ނުލިބޭ - އެމެރިކާގެ އިންޓެލިޖެންސް

އަބްދުﷲ ޣާނިމް
25 ޖޫން 2025 - 07:03
އެމެރިކާގެ ހަމަލާތަކާއި ގުޅިގެން އިރާނުގެ ފޯޑޯ ނިއުކްލިއަރ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް (ކ) - ސީއެންއެން
އެމެރިކާގެ ހަމަލާތަކާއި ގުޅިގެން އިރާނުގެ ފޯޑޯ ނިއުކްލިއަރ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް (ކ) - ސީއެންއެން

އީރާނުގެ މައިގަނޑު ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކުން އެ މަރުކަޒުތަކުގެ މައިގަނޑު ވަސީލަތްތަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ)ގެ ސިއްރު ރިޕޯޓަކުން ދައްކައިފިއެވެ. މިއީ އެމެރިކާގެ ޕެންޓަގަންގެ އެންމެ ސިއްރު ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ރިޕޯޓެއް ނަމަވެސް، މިރިޕޯޓް ލީކުކޮށްލާފައިވަނީ ސީއެންއެން އިންނެވެ.

'އޮޕަރޭޝަން މިޑްނައިޓެ ހެމަރ' ގެ ނަމުގައި އެމެރިކާއިން އިރާނުގެ ނިއުކުލިއަރ ވަސީލަތްތަކަށް ހަމަލާދިނުމަށް 300 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޙަރަދެއް ކޮށްފައިވާކަމަށް ރިޕޯރޓްތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޯޑޯ، ނަތަންޒް އަދި އިސްފަހާން ހިމެނޭ ގޮތަށް އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ހަމަލާތަކުން ނިއުކުލިއަރ އުފައްދާ މަރުކަޒަށް މާބޮޑު ގެއްލުންތަކެއް ނުލިބޭ ކަމަށާއި، މިހަމަލާތަކާއި ގުޅިގެން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަށް އެންމެ ގިނަވެގެން ލަސްވާނީ މަދު މަސްތަކަކަށް ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ދައްކާފައިވާ ވާހަކަތަކާ ފުށުއަރާ މައުލޫމާތެކެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހަމަލާތަކުން ލިބުނު ގެއްލުންތައް ދިރާސާކުރުމަށްފަހު ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އީރާނުގެ ސެންޓްރިފިއުޖްތަކަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އެ ޤައުމުގެ އެންރިޗްޑް ޔުރޭނިއަމްގެ ސްޓޮކްޕައިލް ހަމަލާތަކުގެ ކުރިން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބެލެވެއެވެ.

 

Screenshot 2025-06-25 124859.png

ފޯޑޯ ނިއުކްލިއަރ މަރުކަޒު - ބީބީސީ

އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ދެ އަހަރަށް ފަހަތަށް ޖެހިގެން ދާނެއެވެ. ނަމަވެސް ފޯޑޯ މަރުކަޒަށް ލިބުނު ގެއްލުން އެ ފަރާތުން އަންދާޒާކުރި ވަރަށްވުރެ ކުޑަކަން ފާހަގަކޮށްފައިވެއެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވި ގޮތުގައި ހަމަލާތަކުގެ ފުރިހަމަ އަސަރު ވަޒަންކުރަން އަދި އަވަސްވެގެން ނުވާނެއެވެ. އަދި އިތުރު އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ހަތިޔާރުގެ މާހިރު ޖެފްރީ ލުއިސް ފާހަގަކުރައްވާ ގޮތުގައި ނަތަންޒް އަދި ޕަރޗިން ފަދަ މުހިންމު މަރުކަޒުތައް އަދިވެސް ބޭނުންކުރެވޭ ހާލަތުގައި ހުރުމާއެކު، އީރާނަށް އަވަސް މުއްދަތެއްގެ ތެރޭގައި އެ ޤައުމުގެ ނިއުކްލިއަރ ޤާބިލްކަން އަލުން ބިނާކުރެވިދާނެއެވެ. މީގެ އިތުރުން، ހަމަލާ ނުދެވި ހުރި، ހާމަނުކުރާ ނިއުކްލިއަރ މަރުކަޒުތަކެއް އީރާނުގައި ހުރި ކަމަށް އެމެރިކާގެ އޮފިޝަލުން ޝައްކުކުރެއެވެ.


މިހަމަލާތަކާއެކު އިރާނުގެ ފަރުބަދަތަކުގެ 300 ސަތޭކައެއްހާ ފޫޓު އަޑީގައި ހުރި ނިއުކްލިއަރ މަރުކަޒުތައް އެއްކޮށް ހަލާކޮކޮށްލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސްއެކަން އޭރުވެސް އިރާނުން އައީ ދޮގުކުރަމުންނެވެ. އެހެންކަމުން އެތައްސަތޭކަ މިލިޔަނެއް ޚަރަދުކޮށްގެން އެމެރިކާއިން ކުރިޔަށް ގެންގޮސްފައިވާ އޮޕަރޭޝަން ފެއިލްވެފައިވާކަން ރިޕޯޓްތަކުން ދެއްކުމާއެކު ޓްރަމްޕް އަށް ދަނީ އިނދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 24 ދުވަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | މަހެއް ކުރިންތުރުކީ-އެމެރިކާ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިދުނިޔެ | މަހެއް ކުރިންއިރާނު-އިސްރާއީލް ހަނގުރާމަ: މޮސާޑުގެ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރި ދުނިޔެ | މަހެއް ކުރިން