logo
Bank of Maldives

Bank of Maldives

ދުނިޔެ

ތުރުކީ-އެމެރިކާ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ސެޕްޓެމްބަރު 2025 - 06:38
ތުރުކީ-އެމެރިކާ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފި

ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އަރުދޮއާން އެމެރިކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އިސްތިރާޖީ ނިއުކްލިއަރ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިޓް ހައުސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތުރުކީވިލާތުގެ އެނަރޖީ މިނިސްޓަރު އަލްޕަރސްލާން ބައިރަކްޓަރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އަޅުގަނޑުމެން ވަނީ ނިއުކްލިއަރ ހަކަތައިގެ ދާއިރާގައި ތުރުކީވިލާތާއި އެމެރިކާއާ ދެމެދު އޮތް ފުން އަދި ބަހުރުވަތަކެއް އެކުލެވޭ ޕާޓްނަރޝިޕް އިތުރަށް ފުޅާކުރުމަށް އައު މަރުޙަލާއެއް ފަށާފައި" ކަމަށެވެ.

މި އެއްބަސްވުމުގެ އިތުރުން، ތުރުކީވިލާތުން ވަނީ މި ދަތުރުފުޅުގައި އިތުރު ބޮޑު ހަކަތައިގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެގޮތުން، ސަރުކާރުގެ ބޯޓާސް ކުންފުނިން ވަނީ ސުވިޒަލޭންޑްގެ މަރކޫރިއާ އަދި އޮސްޓްރޭލިއާގެ ވުޑްސައިޑް އެނަރޖީއާއެކު ޖުމްލަ 75.8 ބިލިއަން ކިއުބިކް މީޓަރުގެ އެލް.އެން.ޖީ (ދިޔާ ގުދުރަތީ ގޭސް) އެތެރެކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އެނަރޖީ މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމުގައިވާ ޔޫސުފް ސެއިލާން ރޮއިޓަރޒްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، "ތުރުކީވިލާތުގެ ނިއުކްލިއަރ ހަކަތައިގެ ޤާބިލުކަން އިތުރުކޮށް، އައު ޕަވަރ ޕްލާންޓްތައް އިމާރާތްކުރުމުގެ ލަނޑުދަނޑިތަކަށް އެމެރިކާއިން ވަރަށް ބޮޑު ޝައުޤުވެރިކަމެއް ދައްކަވާ" ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ ދުނިޔެ | 8 ދުވަސް ކުރިންއެމެރިކާ އާއި އިސްރާއީލާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތް، ނަމަވެސް އަދި ނިންމުމަކަށް ނާދޭ: އީރާންޚަބަރު | 11 ދުވަސް ކުރިންއިސްރާއީލާއި އީރާނުން ހަމަލާބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވައިފިދުނިޔެ | 15 ދުވަސް ކުރިންޓްރަމްޕްގެ އަނބިކަނބަލުންނާއި ކުޑަކުދިން ވިއްކި އެޕްސްޓީންއާ ގުޅުވައި އާ ތުހުމަތުތަކެއް ފެންމަތިވެ ވައިޓް ހައުސް އަށް ބޮޑު ސިހުމެއްދުނިޔެ | 16 ދުވަސް ކުރިން