logo
Bank of Maldives

Bank of Maldives

ދުނިޔެ

މަސްކް ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖުލައި 2025 - 03:45
މަސްކް ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާންކޮށްފި

 ދުނިޔޭގެ އެންމެ މުއްސަނދި ބިލިޔަނަރު ޓެސްލާ އާއި ސްޕޭސްއެކްސްގެ އިސްވެރިޔާ އިލޮން މަސްކް، އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވައިފި ކަމަށް މިއަދު އިއުލާން ކުރައްވައިފިއެވެ.

އޭނާ މިކަން ޢިއުލާން ކުރެއްވީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަސްކް ވިދާޅުވީ އޭނާ އުފައްދާ ޕާޓީ އަކީ "އެމެރިކާ ޕާޓީ" ކަމަށެވެ. އަދި އެ ޕާޓީން އެގައުމުގައި މިހާރު އޮތް އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީއާ ޗެލެންޖު ކުރާނެ ކަމަށް ވިދާޅުވެފަވެއެވެ.

 "މިއަދު، އެމެރިކާ ޕާޓީ އުފެދިއްޖެ. ތިޔަބައިމީހުންގެ މިނިވަންކަން އަނބުރާ ދިނުމަށްޓަކައި، ދެބައިކުޅަ އެއްބައި މީހުން ބޭނުންވަނީ އައު ސިޔާސީ ޕާޓީއެއް. އަދި އެކަން ތިޔަބައިމީހުންނަށް ލިބޭނެ!" އޭނާ ލިޔުއްވާފަވެއެވެ.

މަސްކް ޕާޓީއެއް ހައްދަވާނެކަން ޢިއުލާންކުރަށްވާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖެހުނު މައްސަލަ ހައްލުނުވެ ގޯހުން ގޯހަށް ދިޔުމަށްފަހުއެވެ.

މި ހަފްތާގެ ކުރީކޮޅު ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ފެޑެރަލް ސަރުކާރުން ދެމުންދާ ބިލިއަން ޑޮލަރުތަކުގެ ސަބްސިޑީތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި މަސްކްގެ ވިސާ ކެންސަލްކޮށް އޭނާގެ އަސްލު ޤައުމުކަމަށްވާ ދެކުނު އެފްރިކާއަށް ފޮނުވާލާނެކަމުގެ އިންޒާރު ދެއްވާފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 25 ދުވަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | މަހެއް ކުރިންތުރުކީ-އެމެރިކާ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިދުނިޔެ | މަހެއް ކުރިންޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | 2 މަސް ކުރިން