logoEN
ޚަބަރު

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

25 ޖޫން 2025 - 08:39

ކާށިދޫ ކަނޑުތެރެއަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުންދާ ކަމަށެވެ.

މި ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލިއިރު، އޭގައި ތިބީ ކިތައް މީހުންކަން އަދި ސާފެއް ނޫނެވެ. އޭގެން ދަތުރު ކުރި މީހުން ސަަލާމަތްކޮށްގެން ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލް ހުންނަ ނައިފަރަށެވެ.

މި ހާދިސާގައި ދިވެއްސަކު ނިޔާވެފައިވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އެ ހޮސްޕިޓަލުން ބުނީ އިތުރު ފަސް މީހަކު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށާއި އިތުރު މީހުން ވެސް ހޮސްޕިޓަލަށް ގެންނަމުންދާ ކަމަށެވެ.

އެނގިފައިވާގޮތުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

އިތުރު ތަފްސީލް އަންނަނީ.....

ކޮމެންޓް

871x217_placeholder