logoEN
ޚަބަރު

ބާރު ސްޕީޑުގައި ރޭސް ޖަހައި ތޮއްޑޫއަށް ވަން ތިން ލޯންޗުގެ މައްސަލަ ބަލަނީ

ބާރު ސްޕީޑުގައި، ވާދަޔަށް ނެރަށް ވަތް ލޯންޗުތައް -- ފޮޓޯ/ ސޯޝަލް މީޑިޔާ

ބާރު ސްޕީޑުގައި، ވާދަޔަށް ނެރަށް ވަތް ލޯންޗުތައް -- ފޮޓޯ/ ސޯޝަލް މީޑިޔާ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

05 އޮކްޓޯބަރު 2024 - 07:44

ބާރު ސްޕީޑުގައި ރޭސް ޖަހަމުން ނުރައްކާތެރިކޮށް، އއ. ތޮއްޑޫ ނެރަށް ވަތް ތިން ލޯންޗުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

އެފަދަ މައްސަަލައެއް ފެންމަތިވީ، ރަށެއްގެ ނެރަކަށް ވަންނަން ދުއްވި ތިން ލޯންޗެއް، ބާރު ސްޕީޑުގައި ވާދަޔަށް ދުއްވި ވީޑިޔޯ ސޯޝަލް މީޑިޔާގައި ދައުރުވުމާއެކުއެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުން އެ ލޯންޗުތަކަކީ ތޮއްޑޫއަށް ދަތުރުކުރާ ނަސްރު ސްޕީޑް، ރިލެކްސް އަދި ރަމްޒުގެ ލޯންޗުތަކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށާއި، ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އެ ޙާދިސާއަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި ޙާދިސާއެއް ކަމަށެވެ.

އަދި މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އެ ވީޑިޔޯ ސޯޝަލް މީޑިޔާއަށް އާންމުކުރި ފަރާތުގެ ޕޯސްޓުގައި ވަނީ، އެ ތިން ލޯންޗަކީ ވެސް ބާރު ސްޕީޑުގައި ދުއްވާ ލޯންޗްތަކެއް ކަމަށާއި، އޭގެން ދަތުރުކުރާ މީހުންނަށް އެ އެ ލޯންޗުތަކުގެ ކެޕްޓަނުން ނުވިސްނާކަމުގައި ބުނެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder