ޚަބަރު
އަޙްމަދު ޒަލީފް



އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފި


29 ސެޕްޓެމްބަރު 2024 - 15:50
ދ. ކުޑަހުވަދޫ ކައިރީގައި އޮއްވާ އަލިފާން ރޯވި "ހަމްދު" ނަމަކަށް ދޯނި އަޑިއަށް ގޮސްފި އެވެ.
ފުލުހުން ބުނީ އަލިފާން ނިއްވުމުގެ ތެރޭގައި މިއަދު މެންދުރު 14:15 ހާއިރު މި ދޯނި ކުޑަހުވަދޫ ކައިރިއަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. މި ދޯނިން ދަތުރުކުރި ފަސް މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.
އެ ދޯނީގައި ރޯވި އަލިފާން ނިއްވުމަށް މިއަދު ހެނދުން ފެށިގެން ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ދޯނި ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެއިތުރުން ކ. ކާށިދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވެގެން ވެސް ސިފައިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ދޯނީގައި ދަތުރުކުރަމުން ދިޔައީ ތިން ބިދޭސީންނާއި ދެ ދިވެހީން ކަމަށް ސިފައިން ބުނެ އެވެ.
އިތުރު ލިޔުންތައް

ބާރު ސްޕީޑުގައި ރޭސް ޖަހައި ތޮއްޑޫއަށް ވަން ތިން ލޯންޗުގެ މައްސަލަ ބަލަނީ
8 މަސް ކުރިން
ފަޅަށް ވަންނަން ރޭސް ޖެހި ތިން ލޯންޗުގެ މައްސަލައިގައި ކެޕްޓަނުންގެ ލައިސަންސް ހިފަހައްޓައިފި
8 މަސް ކުރިން
އައްޑޫއިން މާލެއަށް ފުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ
6 މަސް ކުރިން