އައްޑޫއިން މާލެއަށް ފުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

.jpg&w=3840&q=75)
17 ޑިސެމްބަރު 2024 - 05:37
އައްޑޫ ސިޓީން މާލެއަށް ފުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިފައިވަނީ އައްޑޫގެ ރަށްތަކުގެ އިތުރުން، ގއ. އަތޮޅުގެ ބައެއް ރަށްތަކާއި މާލެއަށް ދަތުރުކުރާ ސީމެކްސް ބޯޓުން ދަތުރުކުރި ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްއިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ބޯޓު އައްޑޫ ސިޓީން ފުރީ ރޭ 11:30 ހާއިރުއެވެ. އަދި އެ މީހާ ވެސް ރޭ 1:50 ހާއިރު އެ ބޯޓުގެ ކެޕްޓަނާ ވާހަކަދެއްކިކަމަށް އެ ބޯޓުގެ ކެޕްޓަން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ނެތްކަން ފާހަގަކުރެވުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކާ ދެމެދުގެ ކަނޑު މަތިން ފުވައްމުލަކާ އަށް މޭލަށް ކަައިރިވެފައި ވަނިކޮށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
10 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
9 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
9 މަސް ކުރިން