ނޭޝަނަލް ސާރވިސް ޕްރޮގްރާމް ފެށުމަށް ސާމާނު ހިފައިގެން ކޮޅުވެއްޓި ދަތުރު ކުރީ މާފިލާފުއްޓަށް


25 ޖޫން 2025 - 09:26
ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ކޮޅުވެއްޓިއަކީ، މި ސަރުކާރުން އިޢުލާން ކޮށްފައިވާ ނޭޝަނަލް ސާރވިސް ޕްރޮގްރާމް ފެށުމަށްޓަކައި ބޭނުންވާ ސާމާނު ހިފައިގެން ޅ.މާފިލާފުއްޓަށް ދަތުރު ކުރި ކޮޅުވެއްޓިއެވެ.
ގިނަ އަދަދެއްގެ ސިމެންތިއާއި ހިލައާއި ހިލަވެލި ހިފައިގެން ދަތުރު ކުރި މި އުޅަނދަކީ އެމްއެންޑީއެފްގައި ބޭނުންކުރާ ދުވަސްވީ އުޅަނދެކެވެ. މި ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެފައިވާއިރު މަޢުލޫމާތު ލިބޭ ގޮތުގައި މީގެން ދަތުރު ކުރި އެކަކު އަދިވެސް ނުފެނެއެވެ. ދަތުރު ކުރި މީހުންގެ ތެރެއިން 5 މީހަކު ޅ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
މާފިލާފުއްޓަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުން ހަ މީހުން ދަތުރުކުރިއިރު އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ބަންގްލްދޭޝްއަށް ނިސްބަތްވާ ތިން މީހެކެވެ.
އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ.
މި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
އިތުރު ލިޔުންތައް

މާލެގައި ހުރި ގެއަކުން ދުން އަރާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
10 މަސް ކުރިން
އަލިފާނުގެ ހާދިސާ ހިނގި ދޫހިމެރިގެ ތަޅާލުމުގެ މަސައްކަތް ފަށައިފި
10 މަސް ކުރިން
އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފި
9 މަސް ކުރިން