logoEN
ޚަބަރު

ހުޅުމާލޭގައި އޮތް ޕިކަޕެއްގައި ރޯވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

25 ޖޫން 2025 - 10:17

ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގައި ރޯވެއްޖެއެވެ.

އެ ޕިކަޕްގައި ރޯ އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ނިއްވާލާފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 12:25 ހާ އިރުކަމަށް އެތަނުން ބުންޏެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އަލިފާން ރޯވީ ހުޅުމާލެ ސަހަރާ ކައިރީގައި ޕާކުކޮށްފައި އޮތް ކުޑަ ޕިކަޕެއްގައެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

،އެ ޕިކަޕަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައިވާއިރު، ޕިކަޕްގައި ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder