logo
Bank of Maldives

Bank of Maldives

ދުނިޔެ

އިރާނުން ދިން ހަމަލާތަކަކީ ހިންދެމިލަން ލިބުނު ފުރުސަތަކަށް ހަދައި ހަމާސްގެ ވަރުގަދަ ހަމަލާތަކެއް ޔަހޫދީންނަށް

އާމިނަތު ޝަފާ
25 ޖޫން 2025 - 12:56
އިރާނުން ދިން ހަމަލާތަކަކީ ހިންދެމިލަން ލިބުނު ފުރުސަތަކަށް ހަދައި ހަމާސްގެ ވަރުގަދަ ހަމަލާތަކެއް ޔަހޫދީންނަށް

އިރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކަކީ ހިންދެމިލަން ލިބުނު ފުރުސަތެއްކަމުގައި މިއަދު ހަމާސްއިން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ.

މި ހަމަލާތަކުގައި ސަހުޔޫނީންގެ 7 މީހަކު މަރުވެފައިވާއިރު އިތުރު 17 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދީ މީޑިޔާތަކުން ބުނީ، ޔަހޫދީ ސިފައިންގެ ދެ ޔުނިޓެއްގެ ސިފައިންނަށް ހަމާސުން ކުއްލި ހަމަލާތަކެއް ދީފައިވާއިރު ހަމަލާތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުން ނުލައި ސިފައިންގެ ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެސްވާކަމަށެވެ.

ހަމާސްއިން ވަނީ ފުރަތަމަ ހަމަލާގައި ޔަހޫދީ ސިފައިން އުފުލުމަށް ބޭނުން އުޅަނދެއްގައި ރޯކޮށްލާފައެވެ. މީގެ ސަބަބުން ޔަހޫދީންގެ ގިނަ ބަޔަކުވަނީ އެ އުޅަނދުގެ ތެރޭގައި ތާށިވެފައެވެ.

ދެވަވަނަ ހަމަލާ ހަމާސްއިން އަމާޒުކޮށްފައިވަނީ ފުރަތަމަ ހަމަލާގައި ރޯކޮށްލި އުޅަނދުގައި ތިިބި މީހުންނަށް އެހީވުމަށް އެ ސަރަހައްދަށް ދިޔަ ޔަހޫދީ ސިފައިންގެ އިތުރު މީހުންނަށެވެ.

ޚާން ޔޫނިސްގައި ފަޅުކޮށްފައިވާ އިމާރާތެއްގެ ތެރޭގައި ފިލާ ތިބި ޔަހޫދީންނަށްވެސް ހަމަލާތަކެއް ދީފައިވާއިރު މި ހަމަލާގައިވެސް ގިނަ ބަޔަކު މަރާލާފައިވާނެކަމަށް ހަމާސްގެ ހަތިޔާރު އެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުން ވަނީ ބުނެފައެވެ.

މިއާއެކު ޣައްޒާ ދުވާނުގައި މަރައިލާފައިވާ ޔަހޫދީ ސިފައިންގެ އަދަދު 879އަށް އުފުލިފައިވާ ކަމުގައި ޔަހޫދީން ބުނެއެވެ. ނަމަވެސް މިއަށްވުރެ އަދަދުތައް އިތުރުވެގެންދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 2 މަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 2 މަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 3 މަސް ކުރިންޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | 3 މަސް ކުރިން