logo
Bank of Maldives

Bank of Maldives

ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާއަކީ ގަތަރާ ދެކޮޅަށް ދިން ހަމަލާއެއް ނޫން

އާމިނަތު ޝަފާ
25 ޖޫން 2025 - 17:04
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާއަކީ ގަތަރާ ދެކޮޅަށް ދިން ހަމަލާއެއް ނޫން

ގަތަރުގެ ދޯހާ ގައި ހުންނަ އެމެރިކާގެ އަލް-ޢުދައިދު ވައިގެ އަސްކަރީ މަރުކަޒަށް ދިން ޙަމަލާއަކީ އެއްގޮތަކަށްވެސް ގަތަރު ސަރުކާރާ ދެކޮޅަށް ދިން ހަމަލާއެއް ނޫންކަމަށް އިރާނުން ބުނެފިއެވެ.

ފާރިސްކަނޑުގެ ގުޅިފައިވާ ޤައުމުތަކުގެ ކައުންސިލް (ޕީ.ޖީ.ސީ.ސީ) ގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ނެރެފައިވާ ބަޔާނަކާ ގުޅިގެން އިރާނުގެ ސަރުކާރުގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވީ އިރާނުން އެމެރިކާގެ އަލް-ޢުދައިދު އަސްކަރީ މަރުކަޒަށް ދިން ޙަމަލާއަކީ، ޔުނައިޓެޑް ނޭޝަންސްގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިރާނުގެ ރައްކާތެރިކަމަށްޓަކައި އެ ޤައުމަށް ލިބިފައިވާ ޤާނޫނީ ޙައްޤުގެ ތެރެއިން ދިން ޙަމަލާއެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ޙަމަލާ ދީފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އިރާނުގެ ސަރަޙައްދީ އަދި ޤައުމީ ސިޔާދަތަށް ނުރައްކާކޮށް އެމެރިކާއިން ދިން ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ޙަމަލާއަކީ ޤަތަރުގެ އިސްލާމީ އަޚްވަންތަ ސަރުކާރާ ދެކޮޅަށް ދިން ޙަމަލާއެއްގެ ގޮތުގައި ތަރުޖަމާ ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފުރުސަތުގައި ބަޤާއީ ވަނީ ހަނގުރާމައިގައި އިރާނާއެކު ތިބި ގައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ގަތަރު ހިމެނޭހެން ފާރިސްކަނޑުގެ އައްސޭރީގައިވާ ހުރިހާ ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިރާނުން ގަސްތުކުރާ ކަންވެސް ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ. އަދި ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމު ވަގުތުން ހުއްޓާލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިރާނު-އިސްރާއީލް ހަނގުރާމަ: މޮސާޑުގެ 100އަށް ވުރެ ގިނަ އޭޖެންޓުން ބޭނުންކުރި ދުނިޔެ | މަހެއް ކުރިންމިހާރުން މިހާރަށް މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ކަނޑާލުމަށް އިރާނުން ގޮވާލައިފި ދުނިޔެ | މަހެއް ކުރިންއީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި ދުނިޔެ | 2 މަސް ކުރިންކުޑަކުދިން ޝަހީދުކުރާ ބަޔަކަށް ހަނގުރާމައިން ނަސްރެއް ނުލިބޭނެ: އިރާން ދުނިޔެ | 2 މަސް ކުރިން