logo
E-Platinum
ޚަބަރު

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

އަޙްމަދު ޒަލީފް
26 ޖޫން 2025 - 06:59
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

މާލެއިން ފުރައިގެން ޅ.މާފިލާފުއްޓަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް އިއްޔެ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މި ކޮޅުވެއްޓީގައި ހަ މީހުން ދަތުރު ކުރިއިރު، މި ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. މީނާ އަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ. ހާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ރޭ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފަ އެވެ.

ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާޞްކޮށްފައެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުންނެވެ.

މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް ދަނީ އޮޔާދަމުންނެވެ. އެމްއެންޑީއެފްއިން ވަނީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދޭކަމުގައިވެސް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފިޚަބަރު | 8 ދުވަސް ކުރިންހިތަދޫ އޯޝަން އެކްސްޕްރެސް އަޑިއަށް ހިނގައްޖެ، މީހުން ސަލާމަތްކޮށްފި ޚަބަރު | 15 ދުވަސް ކުރިންރާއްޖޭގެ މޫދުގައި ހިނގާ އެކި ޙާދިސާތަކުގައި މަރުތައް އަހަރުން އަހަރަށް ވީ ގިނަޚަބަރު | 17 ދުވަސް ކުރިންގެއްލުނު މީހާ ވީކަމަށް ބެލެވެނީ ކޮޅުވެއްޓީގެ އިންޖީން ރޫމުތެރޭގައި: އެމްއެންޑީއެފް ޚަބަރު | 25 ދުވަސް ކުރިން