logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ގެއްލުނު މީހާ ވީކަމަށް ބެލެވެނީ ކޮޅުވެއްޓީގެ އިންޖީން ރޫމުތެރޭގައި: އެމްއެންޑީއެފް

ޝަހްޒާ މުހައްމަދު
30 ޖޫން 2025 - 11:55
ގެއްލުނު މީހާ ވީކަމަށް ބެލެވެނީ ކޮޅުވެއްޓީގެ އިންޖީން ރޫމުތެރޭގައި: އެމްއެންޑީއެފް

މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ބަންޑުން ޖަހައިލި، ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު ބިދޭސީ ފަޅުވެރިޔާ ވީކަމަށް ލަފާކުރެވެނީ މިހާރު ކަނޑުއަޑީގެ 550 މީޓަރު ފުނުގައި އޮތް ކޮޅުވެއްޓީގެ އިންޖީން ރޫމް ތެރޭގައި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނާތީ ބޮޑަށް އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިން ސިފައިންނާއި، ދެ ބިދޭސީންނާއެކު ދަތުރުކުރި ސިވެކްގެ "އެލްސީ 308" ބަންޑުން ޖަހައިލީ، މާލެއިން ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ނިޔާވި ސިފައިންގެ މީހާގެ ހަށިގަނޑު ފެނުނީ ވީލްހައުސްތެރެއިން ކަމަށް ވެސް ސިފައިން ބުންޏެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު ބިދޭސީ ފަޅުވެރިޔާ، އިންޖީނުރޫމް ތެރެއަށް ވަންކަން އެނގިފައިވާކަމަށެވެ.

މި ކޮޅުވެއްޓީގައި ހަ މީހުން ދަތުރު ކުރިއިރު، މި ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. އަލީ ޙާމިދު އަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ. ހާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި ޓީމަށް ހޫނު މަރުހަބާއެއް ޚަބަރު | 5 ގަޑިއިރު ކުރިންމަސްދޯންޏެއްގައި ރޯވެ އަނދަނީޚަބަރު | 7 ގަޑިއިރު ކުރިންޕެޓްސް މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފް ޓީމުން ރަން މެޑެލި ހާސިލުކޮށްފިޚަބަރު | 5 ދުވަސް ކުރިންފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި އެންމެން ކަނޑުވެއްޖެޚަބަރު | 9 ދުވަސް ކުރިން