logo
ޚަބަރު

މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު، މިއީ ނުކަތާ ވަރުގެ އަދަދެއް - މިނިސްޓަރ

އަޙްމަދު ޒަލީފް
26 ޖޫން 2025 - 07:07
މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު، މިއީ ނުކަތާ ވަރުގެ އަދަދެއް - މިނިސްޓަރ

މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ތޮއްޖެހުމުގެ މައްސަލަ ބޮޑުވެގެންދިޔައީ މާލެއަށް ނުކަތާވަރަށް ވެހިކަލް ރަޖިސްޓްރީކުރުމާއި ހަލާކުވުމުން ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާ ވެހިކަލްތަކުގެ އަދަދުތައް އިތުރުވުމުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދަކީ ރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދުކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ،  މި ސަރުކާރުން ވެރިކަމާއި ހަވާލުވެ މާލެ ސިޓީ ކައުންސިލާއި އެތައް ފަހަރަކު ވާހަކަދައްކައިގެންވެސް މާލޭގެ ކެރިން ކެޕޭސިޓީ ނުވަތަ އުޅަނދު ބޭނުންކުރެވޭނެ މިންވަރު އަދިވެސް ކަނޑަނޭޅޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ސިޓިއެއްގައި ނުވަތަ ރަށެއްގައި ވެހިކަލް ގެންގުޅެވޭނެ އަދަދު ކަނޑައަޅާނީ އެތަނެއްގެ ސިޓީ ކައުންސިލުން ނުވަތަ ކައުންސިލުންކަމަށްވެސް އަމީން ފާހަގަ ކުރެއްވިއެވެ.

ނަންބަރުތަކަށް ބަލާއިރު 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ބަލާއިރު %74.6 ރެޖިސްޓްރޭޝަން ދައްވެފައި ވަނީ. އޭގެން އެނގެނީ ޤާނޫނާއި ގަވައިދު ހިފެހެއްޓީމަ އެކަންތައްތައް ރަނގަޅުވަމުންދާކަން." ވަޒީރު އަމީން ވިދާޅުވިއެވެ.

ޤާނޫނުތަކުގެ ތެރެއިން މަސައްކަތް ކުރެވުނުނަމަ މާލޭގެ މައްސަލަ މިހާ ހިސާބަށް ނުދާނެކަމަށާއި، ޤާނޫނާއި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ވެހިކަލް ރަޖިސްޓްރީ ކުރާ މިންވަރު ބޮޑު ތަނުން މަދުކުރެވިފައިވާކަމަށްވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާރު ކުރަމުންދަނީ ޤައުމީ އެއާލައިންގެ މަގާމަށް މޯލްޑިވިއަން ގެނައުމުގެ މަސައްކަތްޚަބަރު | 2 މަސް ކުރިންމާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު، މިއީ ނުކަތާ ވަރުގެ އަދަދެއް - މިނިސްޓަރ ޚަބަރު | 2 މަސް ކުރިންއާރް.ޓީ.އެލްގެ ޚިދުމަތް މާދަމާއިން ފެށިގެން ރ. އަތޮޅުގައި ފަށަނީޚަބަރު | 2 މަސް ކުރިންހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށްކުރާ އަސަރު ދަނީ ބަލަމުން: އަމީންޚަބަރު | 2 މަސް ކުރިން