logo
Bank of Maldives

Bank of Maldives

ޚަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި

އާމިނަތު ޝަފާ
26 ޖޫން 2025 - 10:10
އާރްޓީއެލް ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި

 ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، "ޒޯން 2" ގައި ހިމެނޭ ރ. އަތޮޅަށް މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ފެށުމަށްފަހު ރ. އަތޮޅުގެ ރައްޔިތުންނަށް އާރް.ޓީ.އެލްގެ ދަތުރުތަކަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމަށް ޓަކައި، ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެއެވެ. މި އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، ޖުލައި މަހުގެ 03 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ. ފަސޭހަކަމާއިއެކު ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް އާރް.ޓީ.އެލްގެ ވެބްސައިޓާއި، މޯބައިލް އެޕް މެދުވެރިކޮށް، ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. 

 މި މަޝްރޫޢުގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ރ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ. 

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މި މަޝްރޫޢުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. 

ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24،000 އަށް އަރައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 7 ދުވަސް ކުރިންނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިކުޅިވަރު | 8 ދުވަސް ކުރިންކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 12 ދުވަސް ކުރިން