logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ ނިޔަލަށް މުޅިރާއްޖެއަށް އާރްޓީއެލްގެ ހިދުމަތް ދީ ނިމެނޭ: އަމީން

އާމިނަތު ޝަފާ
26 ޖޫން 2025 - 10:25
މިއަހަރުގެ ނިޔަލަށް މުޅިރާއްޖެއަށް އާރްޓީއެލްގެ ހިދުމަތް ދީ ނިމެނޭ: އަމީން

ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ދަށުން މި އަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ދީ ނިމޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އާރްޓީއެލް ފެރީގެ ދަތުރުތައް ރ. އަތޮޅުގައި ފެށުމުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައި ވަޒީރު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިގޮތަށް މިއަދު ރ.އަތޮޅުގައި ޕަބްލިކް ފެރީގެ ޚިދުމަތް ދޭން ފެށުމުގެ މުނާސަބަތުގައި ރ.އަތޮޅުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައެވެ.
ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މިއަހަރުގެ ނިޔަލަށް މުޅިރާއްޖެއަށް މި ޚިދުމަތް ފުޅާކޮށް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާކަމުގައި ވަޒީރުވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރ. އަތޮޅަކީ މި ޚިދުމަތް ފެށި 10ވަނަ އަތޮޅެވެ.

ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ދަށުން މި އަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ދީ ނިންމާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ.

"ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުވިކޮށް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު. އެހެންކަމުން، މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ދޭން ފަށާނެ."

ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ އުފެދިފައިވާ އޮންނަ ގޮތުން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރަން ޖެހޭއިރު ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. އެއީ ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަރުގޮނު އެޅުމުގައި ސަމާލުވުމަށް އަނެއްކާވެސް ހަނދާންކޮށްދީފިޚަބަރު | 19 ދުވަސް ކުރިންސީޕްލޭން އޮޕަރޭޝަންތަކުގެ ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން މަޝްވަރާ ކޮށްފިޚަބަރު | މަހެއް ކުރިން5 އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިމަހު ފަށަނީޚަބަރު | 2 މަސް ކުރިންއާރްޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާ ދީފިޚަބަރު | 3 މަސް ކުރިން