logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑު އުޅަނދު ސާވޭ ކުރުމުގެ ޕްރޮގްރާމެއް ކައުންސިލްތަކާއެކު ކުރިއަށް ގެންގޮސްފި

އައިމިނަތު މޫސާ
24 އޮކްޓޯބަރު 2025 - 10:17
 ކަނޑު އުޅަނދު ސާވޭ ކުރުމުގެ ޕްރޮގްރާމެއް ކައުންސިލްތަކާއެކު ކުރިއަށް ގެންގޮސްފި

ކަނޑު އުޅަނދު ސާވޭ ކުރުމުގެ މަސައްކަތް ކުރާ ސާވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް 38 ކައުންސިލަކުން ފުރިހަމަކޮށްފިއެވެ.

އެ ޕްރޮގްރާމަކީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެވެ. އެ ވުޒަރާއިން ބުނީ މިމަހުގެ 19 އިން 23 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 38 ކައުންސިލަކުން ފުރިހަމަކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ބުނީ އެ ޕްރޮގްރާމުގެ ސަބަބުން ރަށްރަށުން ކަނޑު އުޅަނދުފަހަރު ސާވޭކޮށް ސެޓްފިކެޓް ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އެ ތަމްރީނު ޕްރޮގްރާމަކީ، ރަށްރަށުގެ ކަނޑު އުޅަނދުފަހަރުތަކުގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކަންކަން ހުރިތޯ ބަލައި، ސެޓްފިކެޓު ދިނުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ދެނެގަތުމަށް މީހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާގޮތަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކޮންމެ އުޅަނދެއްގައި ވެސް އެ އުޅަނދެއްގައި ކުރެވޭ ބޭނުމަކާ އެއްގޮތްވާ ގޮތުގެމަތިން އަހަރަކު އެއްފަހަރު ސާވޭކޮށް ސަލާމަތީ ކަންތައްތައް ފުރިހަމަ ކުރެވިފައި ހުންނަންޖެހޭނެ ކަމަށް ކަނޑުއުޅަދުތަކާއި ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އަދި އެކަން އަންގައިދިނުމުގެ ގޮތުން ދޫކޮށްފައިވާ އެންމެހައި ސަލާމަތީ ސެޓްފިކެޓުތަކުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއެއް އުޅަނދުގައި އޮންނަންވާނެކަމަށް ވެސް އެ ގަވާއިދުގައި ވިދާޅުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | 14 ދުވަސް ކުރިންޓެކްސީ ލައިން ފަށައިގަންނަން 407 ޑްރައިވަރުން، ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން ކަނޑު އުޅަނދު ސާވޭ ކުރުމުގެ ޕްރޮގްރާމެއް ކައުންސިލްތަކާއެކު ކުރިއަށް ގެންގޮސްފިޚަބަރު | 2 މަސް ކުރިންބަރުގޮނު އެޅުމުގައި ސަމާލުވުމަށް އަނެއްކާވެސް ހަނދާންކޮށްދީފިޚަބަރު | 3 މަސް ކުރިން