logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭސްޓް ޓު އާޓްގެ ހަރަކާތެއް ލ.ގަމުގައި ބާއްވައިފި

އާމިނަތު ޝަފާ
27 ޖޫން 2025 - 11:09
ވޭސްޓް ޓު އާޓްގެ ހަރަކާތެއް ލ.ގަމުގައި ބާއްވައިފި

މިއަދު ހެނދުނު ލ. ގަމުގެ ބޮޑަމަގަ ބީޗްގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިންތިޒާމު ކޮށްގެން "ވޭސްޓް ޓު އާޓް"ގެ ޙަރަކާތެެއް ކާމިޔާބުކަމާއެކު ބާއްްވައިފިއެވެ.

މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ފާއިޒެވެ. އަދި މި ޙަރަކާތުގައި 220 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

‎މި ހަރަކާތުގެ ބައިވެރިން ވަނީ އެސަރަޙައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައެވެ. ވުޒާރާއިން ބުނީ މި ޙަރަކާތުގެ މަޤްޞަދަކީ ތިމާވެށި ސާފުކުރުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ

މައުލޫމާތު ދިނުންކަމަށެވެ.

މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފާއިޒް ވަނީ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށާއި އެ ރަށުގެ ރައްޔިތުން ދެއްވި ތަރުހީބަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"ވޭސްޓް ޓު އާޓް" ޙަރަކާތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އާދަތައް އާލާކުރުމަށާއި، ޕްލާސްޓިކުން ތިމާވެށީގެ ތަޣައްޔަރުވުން މަދުކުރުމަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ފުޅާ ކެމްޕޭނެއްގެ ބައެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމަށް ނާސަރީއެއް ޤާއިމުކުރުމަށް ހަވާލުކޮށްފި ޚަބަރު | 2 މަސް ކުރިންވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތްދިނުން ފެނަކައަށް ޚަބަރު | 2 މަސް ކުރިންވޭސްޓް ޓު އާޓްގެ ހަރަކާތެއް ލ.ގަމުގައި ބާއްވައިފި ޚަބަރު | 3 މަސް ކުރިންމާފަރުގައި މެޓް އޮފީހެއް ގާއިމުކުރަނީޚަބަރު | 3 މަސް ކުރިން